"ތިމަންނާ ޖަލުގައި އޮތުމަށްވުރެ ތިމަންނާގެ ދަރިފުޅު އިބްރާހިމް ބަންދުކުރުމުން ހިތައް ވާ ތަދު މާބޮޑޭ" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އެހެން ވިދާޅުވީ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކުރިވަގުތު ކީރިތި ކުރައްވަމުންނެވެ.
ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ވިލާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ވިލާ ހައުސް ހުންނަ އިމާރާތް ބަލައި ފާސްކުރުމަށްފަހު އަންގާރަ ދުވަހުގެ ހަވީރު އެވެ.
ވިލާ ހައުސް ބަލައި ފާސްކުރުމަށްފަހު އެތަނުން ފުލުހުން ބައެއް ތަކެތި ގެންދިޔަކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހުން ގެންދިޔަ ތަކެތީގެ ތަފްސީލެއް ނުލިބެއެވެ.
ސިޔާދު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އޭނާ އާއި ގުޅޭ ގޮތުން ތަޙްޤީޤު ކުރަމުންދާ މައްސަލަ އާއި ގުޅޭ ތަފްސީލެއް ނުދެއްވައެވެ.
އިބްރާހިމް ސިޔާދު ހައްޔަރު ކޮށްފައި ވާއިރު ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް ސާބިތުވުމުން ބޭސްފަރުވާ އަކަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ގާސިމް މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ.
އަޅުގަނޑު ޖަލުގައި އޮތުމަށްވުރެ ދަރިފުޅު ބަންދުކުރުމުން ހިތައް ވާތަދު މާބޮޑު – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ