މިއީ ބާރުތައް ވަކިކުރުމާއި ފުށުއަރާ ކަމެއް: ރައީސް މައުމޫނު

މަޖިލީހުގެ މެމްބަރުންނަށް ދައުވާ ކުރުނުން ކުރިއަށް ގެންދަނީ ތިންބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމާއި ފުށުއަރާގޮތަށް ކަމަށް ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދަށް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނިކޮށް އެކަމާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.Maldives has a political system based on separation of powers. Yet 12 opposition MPs are summoned en masse to Criminal Court. Outrageous!!!— Maumoon Abdul Gayoom (@maumoonagayoom) November 29, 2017ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ކަމުގައެވެ. އަދި މަޖިލީހުގެ 12 މެމްބަރަކު އެއްފަހަރާ ކޯޓަށް ހާޒިރުކޮށް އަމަލު ކުރަމުން ގެންދަނީ އެ ނިޒާމާއި ފުށުއަރާ ގޮތަށް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް ކުރާ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް އެސަރަހައްދަށް ވަން މައްސަލާގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ކުރަނީ އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއާއި، މާފަންނޫ ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް ދީދީއާއި، ހެންވޭރު ދެކުނު މެންބަރު އަހުމަދު އަބްދުލް ކަރީމާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ މައްޗަށެވެ.
އެ މެންބަރުންގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުންނެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ އިރު ހުއްދަ ނޫން ތަނަކަށް ވަން ކަމުގެ ދައުވާ ވެސް އެ ތިން މެންބަރުންގެ މައްޗަށް ކުރެއެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑު އެހުމެއް ކުރިން ބާއްވާފައިވާ އިރު ވަކީލުން އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުސަތު ހުރިހާ މެންބަރުންނަށް ވަނީ ދީފައެވެ.
މިއަދު 3:00 އަށް ތާވަލު ކޮށްފައިވާ އަޑުއެހުމުގައި މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ