މޫސުން ގޯސްވެ ދޯންޏެއް އަޑިއަށް ހިނގައްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ޅ. ހިންނަވަރު ކުރީގެ ބަނދަރު ތެރޭގައި އޮތް ދޯންޏެއް އަޑިށް ހިނގައްޖެއެވެ.
ފުލުހުން ބުނީ ހިންނަވަރުގައި އަޑިއަށް ގޮސްފައިވަނީ ޑޮލްފިން ނަމަކަށް ކިޔާ ދޯންޏެކެވެ.
އެ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 10.50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ދޯނި ނެގުމުގެ މަސައްކަތް މިއަދު މެންދުރު 13.30 ހާއިރު ހިންނަވަރު ރައްޔިތުންނާއި ފުލުހުން ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.
އެ ދޯންޏަކީ މަސްވެރިކަން ކުރާ ކުޑަ ދޯންޏެއް ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ