ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހިނގި ހާދިސާއަކީ ކަރަންޓް ޝޯޓް ވެގެން ހިނގި ހާދިސާއެއްކަމުގައި ދުވަހަށް މަައުލޫމާތު ލިބިިއްޖެ އެވެ.
މި ހާދިސާ ހިނގި ވަގުތު ބާރު އަޑެއް ގޮވާ މަޖިލިސް ޗެމްބާ ތެރޭގައި ދުން ބޯވި ނަމަަވެސް ދުވަހަށް އެނގިފައިވާގޮތުގައި ދުން ބޯވަން މެދުވެރިވީ މަޖިލީހުގެ ޗެމްބާ މަތިން ކަރަންޓް ޝޯޓްވެ ހިނގި ހާދިސާއަކާއި ގުޅިގެންނެވެ. ކަރަންޓް ޝޯޓްވެ ހިނގި ހާދިސާގައި ކުޑަވަރެއްގެ އަލިފާނުގެ ހާދިސާއެއް ހިނގައި މަތިން ފެން ހޮޅިއެއް ފަޅައިގެން ގޮސްފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އަދި އެ ފެންހޮޅި ފަޅައިގެން ގޮސް މަޖިލީހުގެ ޑެޕިއުޓީ ސްޕީކާގެ ރޫމު ތެރެއަށް ފެން ފައިބާފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އެ ހާދިސާ ހިނގުމާއެކު ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.
ދުވަހަށް އިތުރަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ނިވެން މެދުވެރިވީ އެ ފެން ހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން ކަމުގައި ބެލެވެ އެވެ. ފެންހޮޅި ފަޅައިގެން ގޮސްފައިވަނީ ކަރަންޓް ޝޯޓްވެ އަލިފާން ރޯވި ދިމާލުންނެވެ.
މަޖިލިސް ތެރޭގައި ހިނގީ ކަރަންޓް ޝޯޓްވެގެން ހިނގި ހާދިސާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ