އޭދަފުށީ ދާއިރާގެ މީހުންނަކީ ނާތަހުޒީބު ބައެއްކަމަށް “މިނިވަން ރޭޑިއޯ” ގެ ކޮރެސްޕޮންޑެންޓް އައިޝަތު އާނިޔާ ސިފަކޮށްފި އެވެ.
އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމްގެ ފޮޓޯއަކާއެކު އާނިޔާ ކުރި ޓްވީޓެއްގައި ބުނީ މި މީހާ (ސަލީމް) ތަކުރާރުކޮށް މަޖިލިސް ތެރެއިން ފެންނަކަމީ އޭނާ ނިސްބަތްވާ ދާއިރާގެ މީހުންނަށް ހެވާއި ނުބައި އަދި ތަހުޒީބާއި ދަމައްދުން ދޭހަވުމުގެ ގާބިލުކަން ލިބިފައިނުވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
އާނިޔާ މިގޮތަށް ޓްވީޓް ކޮށްފައިވަނީ ކީއްވެކަމެއް ނޭނގެ އެވެ. ނަމަވެސް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އާއްމުގޮތެއްގައި މަޖިލީހުގައި ދައްކާނީ ކުރީގެ އިސްލާމީ ތާރީޚުގެ ވާހަކަތަކެވެ.
އާނިޔާއަކީ ކުރީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ، އަދި ދީނާ ޚިލާފު ވާހަކަތައް ދައްކާފައިވާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެކެވެ. އަދި މިފަހުން ވެސް ދީނަށް ފުރައްސާރަވާ ގޮތަށް ސޯޝަލް މީޑިއާގައި އާނިޔާ ވާހަކަ ދައްކާ ކަމަށް ބުނެ ގިނަ ބައެއްގެ ނުރުން އޭނާއަށް އަމާޒުވި އެވެ.
އޭދަފުށީ ދާއިރާގެ މީހުންނަކީ ނާތަހުޒީބު ބައެއްކަމަށް އާނިޔާ ސިފަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ