ބައިލައްކަ ފުޅި ބަނގުރާ ކަސްޓަމްސް އިން ނައްތާލައިފި

ބައިލައްކަ އަށްވުރެ ގިނަ ފުޅި ބަނގުރާ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިދިޔަ ހޯމަ ދުވަހު ނައްތާލައިފި އެވެ. ކަސްޓަމްސް އިން ބުނީ މި ބަނގުރާ ފުޅިތައް ނައްތާލާފައި ވަނީ ހޯމަ ދުވަހު ކ. ތިލަފުށީގައި ކަމަށާއި މިތަކެތި ނައްތާލިއިރު ކަސްޓަމްސްގެ އޮފިސަރުންނާއި މީޑިއާ ބައިވެރިވެފައިވާ ކަމަށެވެ.
ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި މިތަކެތި ނައްތާލާފައި ވާއިރު މި ބަނގުރާ ފުޅިތަކުގެ އިތުރުން 782 ބަނގުރާ ޕެކެޓާއި 3 ދަޅު ބަނގުރާވެސް ނައްތާލާފައިވެއެވެ. ކަސްޓަމްސް އިން ނައްތާލި ބަނގުރާފުޅި، ޕެކެޓް ގެ އިތުރުން ދަޅުގައި 22،246.14 ލީޓަރު ހުންނާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
Advertisement
ކަސްޓަމްސް އިން ބުނީ، މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާއާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި އެފަރާތުން ނައްތާލުމުގައި އަމަލު ކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ