އައްޑޫ މޭޔަރު ކަމަށް ކުރީގެ މަޖިލިސް މެމްބަރު ނިޒާރު ވާދަ ކުރައްވަނީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ވާދަ ކުރެއްވުމާމެދު ވަރަށް ސީރިއަސްކޮށް ވިސްނަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވުމަށް ފަހު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީގައިވެސް ވާދަކުރެއްވި ނިޒާރު "އާފަތިސް އޮންލައިން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީއަށް އާ މޭޔަރެއް ގެނައުމަކީ އެ ސިޓީގެ ވަރަށްގިނަ ރައްޔިތުން މިވަގުތު ބޭނުންވާ ގޮތް ކަމަށެވެ. އަދި އާ މޭޔަރެއް އައްޑޫ ސިޓީއަށް ބޭނުންވެގެން ވާހަކަ ދައްކާ ވަރަށްގިނަ ރައްޔިތުން ނިޒާރު އެކަމަށް ވާދަކުރެއްވުމަށް އެދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އައްޑޫގެ މޭޔަރު ކަމުގެ މަގާމަށް ވާދަ ކުރެއްވުމާމެދު ސީރިއަސްކޮށް ވިސްނަވަން ފެއްޓެވީވެސް އައްޑޫ ސިޓީގެ ގިނަބަޔަކު އެގޮތަށް އެދެން ފެށުމުންނެވެ.
"ވަރަށްގިނަ ރައްޔިތުންގެ އެދުމެއް އައްޑޫ ސިޓީއަށް އާމޭޔަރެއް ގެނައުން. އަދި އެ ރިކްއެސްޓް ވަރަށްގިނަ ފަރާތްތަކުން އެބަކުރޭ. ސީރިއަސްކޮށް ވިސްނަމުން މިދަނީ އެކަމާ. އަޅުގަނޑު އައްޑޫ ސިޓީގެ ރައްޔިތުންގެ އެދުމަކަށް ފުރަގަސް ނުދޭނަން" ނިޒާރު ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައިވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ބަޔެއް ފަރާތްތަކުން ވަނީ އެ ސިޓީގެ މޭޔަރު ކަމަށް ނިޒާރު ކުރިމަތި ލެއްވުމަކީ ވަރަށްގިނަ ބަޔެއްގެ އުންމީދު ކަމުގައި ބުނެފައެވެ. އަދި އެ ސިޓީއަށް ނިސްބަތްވާ ބަޔެއް މީހުން ނިޒާރަށް ތާއީދުކޮށް ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ޚިޔާލުފާޅު ކުރަމުންވެސް ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ