ރައީސް މާއުމޫނަށް މަޢާފުކޮށްފައި، އަނެއްކާ އެކަން އަނބުރާ ގެންގޮސްފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މީގެ ކުރިން ވާނީ ރައީސް މައުމޫނަށް މަޢާފުކޮށްފައި ކަމަށެވެ. އެހެންނަމަވެސް މިހާރު އަނެއްކާ އަލުން އަނބުރާ އެކަން ގެނެސްފިން ކަމަށެވެ. އަދި މިހާރު މި މަސައްކަތްކުރަނީ އަނެއްކާވެސް ރައީސް މައުމޫނު ގޮވައިގެން ކޯޓަށްދާން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
"މަޢުމޫނަށް އަޅުގަނޑު މާފުކޮށްފަ އަނެއްކާ އަލުން އަނބުރާ އަޅުގަނޑު މި ގެނައީ... ކޯޓަށް މިދަނީ މަޢުމޫނު ގޮވައިގެން..." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް މައާފުކުރުމަށްފަހު އަލުން އަނބުރާ އެކަން ގެނައީ މައުމޫން އަނެއްކާ މާބާރަށް ރިފޯމްވާން އުޅޭތީ ކަމަށެވެ. އަދި މައުމޫން އަލުން ރިފޯމުވާން އުޅުމަކީ ޖޯކެއް ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫން ޖާބިރުގެ އަތުން ލާރި ކާލައިގެން ރިފޯމްވާން އުޅޭ ކަމަށެވެ. އަދި ރޮފޯމްވުމުގެ ކުރިން ޖާބިރުގެ ލާރި އަނބުރާ ދޭންވީ ނޫންތޯވެސް ޖާބިރު ވަނީ ސުވާލުކުރައްވާައެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ޖާބިރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދެމެދުވެސް އެއްވެސްް މައްސަލައެއް ނެތް ކަމަށާއި، ރައީސް ސޯލިހަކީ ވަރަށް ގާތް އެކުވެރި، ރަހުމަތްތެރި ބޭފުޅެއްް ކަމަށެވެ. ރައީސް ސޯލިހާއި ދެމެދު އޮތް ހަމައެކަނި މައްސަލައަކީ ނެރި ލާރިކޮޅު އަނބުރާ ނުދިނުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި އެ ލާރިކޮޅު ލިބުނީމާ އެއީ އެ މައްސަލަ ނިމުނީ ކަމަށް، ޖާބިރު ވަނީ ވިދާޅުވެފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޖާބިރު ވަނީ ރައީސް މައުމޫން އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އިންޓްރެސްޓް އާއި އެކު 59 މިލިޔަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނަންގަވާފައެވެ. ޖާބިރު ވިދާޅުވީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މާފުކޮށްފައިވާ ކަމަށް ވެސް ޖާބިރު އޭރު ވިދާޅުވިއެވެ.
ފައިސާ ހޯދަން މައުމޫން ގޮވައިގެން ޖާބިރު ކޯޓަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ