ޣީޔާސުއްދީން ސްކޫލް ޓެކްނޮލޮޖީގެ ގޮތުން ކުރިއަށް

ޓެކްނޮލޮގީގެ ގޮތުން ޣިޔާސުއްދީން ސްކޫލް ވަރަށް ބޮޑަށް ކުރިޔަށް ޖެހިލައިފިއެވެ. އޭގެ ތެރޭގައި 3ޑީ ކްލާސްރޫމެއް ޤާއިމް ކުރުމާއި ރާސްބެރީ ޕައި އަދި ބީޔޫއޯޑީ ޕްރޮގްރާމް ތައާރަފްކުރުން ހިމެނެއެވެ.
3ޑީ ކްލާސްރޫމާއި ރާސްބެރީ ޕައި އަދި ބީޔޫއޯޑީ ތައާރަފްކުރުމަށް މިއަދު އެސުކޫލުގައި ވަނީ ހާއްސަ އެސެމްބްލީ އެއްވެސް ބާއްވާފައެވެ.
އެ ސުކޫލުގެ ސައިންސް ޑިޕާޓްމެންޓުގެ ހެޑް އާރުބީ ޕްރަޝާބް ވިދާޅުވީ, މި 3ޑީ ކްލާސްތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި, ގިނަ ދަރިވަރުންނަކީ ފެންނަ އެއްޗަކުން ފަސޭހައިން ނަގައިގަންނަ ކުދިން ކަމަށެވެ.
ޣިޔާސުއްދީން ސުކޫލުގައި ރާސްޕްބެރީ ޕައި ބޭނުން ކޮށްގެން އެ ސްކޫލުގެ ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުން ކޮމްޕިއުޓާ ޕްރޮގްރާމް ކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ.
މިފަދަ ރާސްޕްބެރީ ޕައި ބޭނުންކޮށްގެން ޕްރޮގްރާމިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފަތާއަކުވެސް އެއް ގަޑިއެވެ.
އެ ސްކޫލުން ތައާރަފްކުރި އަމިއްލަ ޑިވައިސް ބޭނުންކޮށްގެން ކިޔަވައިދިނުމުން ކުދިން ފިލާވަޅުތަކަށް ދޭ ޝަގުވެރިކަން އިތުރުވެ ކިޔަވާހިތްވާނެކަމަށް ބީވައިއޯޑީ އިންޗާޖު ރެޖިނަލްޑް ވިލްސަން ވިދާޅުވި އެވެ. އަދި ވިދާޅުވި ގޮތުގައި ބޭރުގެ ގިނަ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި އެގޮތަށް ކިޔަވައިދޭ ކަމަށާއި، އެހެން ކަމުން ދަރިވަރުން ސްކޫލު ނިމި މަތީ ސާނަވީ ހާސިލް ކުރުމަށް އެފަދަ ޔުނިވާސިޓީ ތަކަށްދާއިރު އެކަމަށް ހޭނިފައި ހުރުމުގެ ސަބަބުން ކިޔެވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ބައެއް ދަރިވަރުންނަކީ ކްލާސްތެރޭގައި ވާހަކަ ދައްކަން ޖެހިލުންވާ ކުދިން ކަމަށާއި ނަމަވެސް ސްމާޓް ޑިވައިސްތައް ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ ސަބަބުން އެކުދިން ކުރަން ބޭނުންވާ ސުވާލެއް ލިޔެގެން އަހާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީވައިއޯޑީ ގެ ދަށުން ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 5ން 10 ގެ ދަރިވަރުންނަށްކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ތައާރަފްކޮށްފައިވާ އާ ތިން ޓެކްނޮލޮޖީގެ ސަބަބުން ކިޔެވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެސުކޫލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ