ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފަހު މެޗުގައި އިއްޔެ ހަވީރު ސްޕޯޓްސް ކުލަބް މެނާނޯ 3-0 ލަނޑުން ބަލިކޮށް ޔުނައިޓެޑް ވިކްޓަރީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.
ޔުނައިޓެޑް ވިކްޓަރީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ 28 ޕޮއިންޓާ އެކު އެވެ.
އެފްއޭއެމްގެ އާ ގަވާއިދުގެ ދަށުން، ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ލިބޭނެ އެވެ. އެއާ އެކު، އެ ޓީމު ވެފައިވަނީ ރެލިގޭޝަން މުބާރާތް ނުކުޅެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ފުރަތަމަ ޓީމަށެވެ.
ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ހޯދީ 25 ޕޮއިންޓާ އެކު ޕޮލިސް ކްލަބެވެ. އެ ޓީމަށް ޖެހޭނީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ ޓީމާ އެކު ޕްލޭއޮފް ކުޅޭށެވެ. ފުރަތަމަ ޑިވިޝަނުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. އަދި ލީގުގެ އެންމެ ފުލަށް ދާ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.
މިފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރިއެވެ.
ފުރަތަމަ ޑިވިޝަނުން ޔުނައިޓެޑް ވިކްޓަރީ ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ