ނޭކުރަންދޫ ގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ޖަލަށް ބޭނުންވާ މުވައްޒަފުން ހޯދުމުގައި ނޭކުރަންދޫއަށް އިސްކަންދެއްވާނެކަމަށް މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ޢުމަރު ނަޞީރު މިހެން ވިދާޅުވީ ނޭކުރެންދޫ ކައުންސިލްގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައި ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެއްކިވާހަކަފުޅުގައެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ޢުމަރު ނަޞީރު ވިދާޅުވީ ޖަލުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި މިގޮތުން ޖަލުގެ ޕްރީ-ފެބް މޮޑިއުލްތައް ތައްޔާރުކުރުމަށް ފައިސާ ދެއްކިފައިވާ ކަމާއި އަދި ޗައިނާއިން ޕްރީ-ފެބް މޮޑިއުލްތައް ލިބުނުހާ އަަވަހަކަށް ޖަލު ރޭވުމުގެ ކަންތައް ފަށާނެކަމުގައެވެ. އަދި މިނިސްޓަރގވެސް ވިސްނުންފުޅަކީ ޖަލަށް ބޭނުންވާ މުވައްޒަފުން ހޯދުމުގައި ނޭކުރަންދޫއަށް އިސްކަން ދެއްވުން ކަމުގައި ފާހަގަކުރެއްވިއެވެ.
މިގޮތުން ކައުންސިލުގެ ބޭފުޅުން ޖަލު އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބަކާ ގުޅޭގޮތުންނާއި، ޖަލުގެ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ނޭކުރެންދޫ ކައުންސިލްގެ މެންބަރު ޢަލީ އާދަމް އާއި މުޙައްމަދު ސިޒާން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖަލަށް ބޭނުންވާ މުވައްޒަފުން ހޯދުމުގައި ނޭކުރަންދޫއަށް އިސްކަން ދޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ