ރޭ ދަންވަރު ކަރަންޓް ދިޔަ ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓް ވަނީ ދޫކުރެވިފައި: ސްޓެލްކޯ

ސްޓެލްކޯގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑުބަޔަކުން ރޭ ކަރަންޓް ހިނގައްޖެ އެވެ.
ސްޓެލްކޯއިން ބުނީ، މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ޓްރާންސްފޯމަރެއް ހަލާކުވެގެން ކަމަށާއި މިމައްސަލަ ޖެހުނު ސަބްސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ދާކަމަށެވެ.
"ރޭ ކަރަންޓް ދިޔަ ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓް ވަނީ ދޫކުރެވިފައި. މިހާރު ކަރަންޓް ނުދެވިވަނީ ލިލީމަގު ސަރަހައްދަށް" ސްޓެލްކޯއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ސްވިޗް ބޯޑްތަކަކަށް ރޭ ހަލާކުވުމުގެ ސަބަބުން ގަލޮޅު އަދި ހެންވޭރު ވެސް ވަނީ ކަރަންޓް ގޮސްފައެވެ. ނަމަވެސް އެ ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓް ދޫކޮށްފައި ވާކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ