ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ގއ. ވިލިނގިލި، ވައިޖެހޭގެ، ޝަހީދު މުހައްމަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިދިޔަ އޮގަސްޓް މަހުގެ 19 ވަަނަ ދުވަހު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލީ ވެސް ޝަހީދު އެކަންޏެވެ.
ޝަހީދަކީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ ކޮއްކޮ އެކެވެ.
މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ބޭފުޅުންނަށް ކޮމިޓީން ރުހުން ދިނުމުގައި ގެންގުޅޭ އުސޫލެއް އޮވެެ އެވެ. އެގޮތުން އެ ބޭފުޅަކަށް ކޮމިޓީގެ މެންބަރުން މާކްސް ދޭއިރު 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބެންޖެހެ އެވެ. ޝަހީދަށް ވަނީ 88 އިންސައްތަ މާކްސް ލިބިފަ އެވެ.
ފަސް މެންބަރުން ތިއްބަވަން ޖެހޭ ސިވިލް ސާވިސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ