"ހެލެއި" ވެހިކަލް ބުރު މިއަދު ހަވީރު

އިދިކޮޅު އިއްތިހާދުން އައްޑޫގައި ބާއްވާ "ހެލެއި" ވެހިކަލް ބުރު މިއަދު ހަވީރު ހިތަދޫ އެމްޑީޕީ އޮފީސް ސަރަހައްދުން ފަށާގޮތަށް ނިންމައިފިއެވެ.
އިއްތުހާދުގެ ވެހިކަލް ބުރު ގުޅިފައިވާ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު މިދިޔަ ހުކުރު ދުވަހުގެ ވެހިލަކް ބުރުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ސިޔާސީ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށް ފަހު މިހާރު ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އިއްޔެ މަރަދޫފޭދޫގައި ބޭއްވި ހަވީރު ސަޔަށް ފުލުހުން ގޮސް ސައި ނުބޭއްވުމަށް ވަނީ އެދިފައެވެ. ނަމަވެސް ސުލްހަވެރިކަމާއި އެކު ސައި ބުއިން ވަނީ ކުރިއަށް ގެންގޮސް ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ