އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ދައްކާފައިވާ ވާހަކަތަށް ރާއްޖެޓީވީން އޮންއެއާކޮށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި މާފަށް އެދެން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އަށް އަންގައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީއިން ވަގުތުން އޮންއެއާކުރި އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި އެކުށަށް، އެއްވެސް ޝަރުތެއް ނެތި މިމަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 8:00 އާއި 12:00 އާ ދެމެދުގެ ވަގުތެއްގެ ކުރީން މާފަށް އެދެންޖެހޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ އަށް އަންގާފަ އެވެ.
އަދި ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު 31 ޖެނުއަރީގެ ކުރީން، ކޮންމެ ވެސް އެއް ރެއެއްގެ 8:00 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި ރާއްޖެ ޓީވީގެ އޮންއެއާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް ވެސް ވަނީ އެ މައްސަލަ ބެލި އެ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފަ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވުމުގެ ފުރުސަތު ނުދިނުމަށްޓަކައި ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ، ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ އިވެންޓްތައް ނުފޮނުވުމަށާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވެއްޖެ ނަމަ، އެކަން އެގޮތަށް ހިނގައިފި ކަން، ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެސްޓޭޝަނުން ހާމަކޮށް، އެކުށެއް އިސްލާހުކޮށް ސްޓޭޝަންގެ ފަރާތުން އޮންއެއާގައި މައާފަށް އެދުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ އަށް އަންގާފަ އެވެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން މާއާފަށް އެދުމަށް ރާއްޖެޓީވީއަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ