އަހަރެންގެ މޫނުމަތިން މިފެންނަނީ ފިރިމީހާގެ ރޮމޭންސްގެ އަސަރު: މާދުރީ

މޫނުމަތިން ފެންނަ އުފާވެރިކަމަކީ ފިރިމީހާގެ ރޮމޭންޓިކްކަމުން އެކަމުގެ އުފާވެރި އަސަރުތައްކަމަށް ބޮލީވުޑްގެ މަޝްހުރު ބަތަލާ މާދުރީ ދިކްޝިތު ބުނެފިއެވެ.
މާދުރީއަކީ ބޮލީވުޑްގައި 30 އަށްވުރެއް ގިނަ އަހަރު ވެފައިވާ ކުޅަދާނަ ފަންނާނެކެވެ. 1999 ވަނަ އަހަރު އޭނާ ވަނީ ޑރ. ޝްރީރާމް މާދަވް ނީންއާ ކައިވެނީގެ ގޮތުން ގުޅިފައެވެ. ކައިވެންޏަށް ދެ ކުދިންވެސް މިހާރު އެބަ ތިއްބެވެ.
ލޯބިވެރިންގެ ދުވަހާ ގުޅޭގޮތުން މާދުރީއާ ސުވާލު ކުރުމުން އޭނާ ބުނީ ވަކި ދުވަހެއް ލޯބިވެރިންގެ ދުވަހުގެ ގޮތުގައި އޭނާއާ ފިރިމީހާ ފާހަގަނުކުރާކަމަށެވެ. ކޮންމެ ދުވަހަކުވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ބުނެދޭކަމަށާއި، ކައިވެނި ކާމިޔާބުކަމާއެކު ދެމިއޮތުމުގެ ސިއްރަކީވެސް އެއީކަމަށް މާދުރީ ބުންޏެވެ.
ފިރިމީހާ ރޮމޭންޓިކްތޯ ސުވާލުކުރެވުމުން މާދުރީ ބުނީ އޭނާގެ މޫނުމަތިން ފެންނަ ހިނިތުންވުމާ އުފާވެރިކަމުގެ ސިއްރަކީ ފިރިމިހާގެ ރޮމޭންސްކަމަށެވެ.
އުމުރުން 52 އަހަރުގެ މާދުރީ މިހާރުވެސް ދަނީ ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ. އޭނާގެ އެންމެ ފަހުން ނިކުތް ފިލްމަކީ ދަރްމާ ޕްރޮޑަކްޝަންގެ "ކަލަންކް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ