ވިލިގިލީގެ ދާއިރާގެ ކުރީގެ މެންބަރު، އެ ދާއިރާގެ ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް އެކޮނޮމިކް މިނިސްޓަރ މުޙަންމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ގއ. ވިލިގިލީގައި މިރޭ ކުރިޔަށްދިޔަ ޕީޕީއެމް ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، މަޖިލީސް މެމްބަރުންނަކީ ރައްޔިތުން ގެ އިޙުސާސްތައް ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާއާއި ހަމަޔަށް ގެންގޮސްދޭން ތިބެންޖެހޭ ބައެކެވެ. އެގޮތުން ސަރުކާރަށް ކަމެއްނުވާ ކަމަށް ބުނެ ވާހަކަ ދައްކާން އިދިކޮޅު ފަރާތްތަކުން މިއަދު ލަދުގަންނަން ޖެހޭ ކަމަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
"ވިލިގިއްޔަށާއި ކޮލަމާފުއްޓަށް އެރުމާއެކު އަޅުގަނޑު ހިތައް އެރި ސަހަރޯއޭ، ކޮންކަމެއްބާއޭ ނުކުރެވި އޮތީ. އެހެންކަމުން މި ދާއިރާގެ ކުރީގެ މެންބަރަށް ދަންނަވާލަން އޮތީ ތިޔަ ހުންނެވީ ކިހިނެއްވެފައިތޯއޭ،" މި ސުވާލު އުފައްދަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ވިލިނގިލީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް މި ސަރުކާރުން ހޯދައިދެމުން ދަނީ ވަސީލަތްތައް ހޯދައިގެން ކަމަށެވެ.
މީގެ ކުރީގެ ސަރުކާރުތަކުން ރާއްޖެއަކީ، ވަސީލަތްތައް މަދު، ކުޑަ ޤައުމެއްގެގޮތުގައި ބަލައިގެން ތިއްބައި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބޭރުގެ އިންވެސްޓަރުންގެ އެހީ ހޯދައި، ރާއްޖޭގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެންކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
ވިލިގިލީގެ ދާއިރާގެ ކުރީގެ މެންބަރު ސަޢުދު ޕީޕީއެމް އިން ވަކި ކޮށްފައިވަނީ އޭނާއާއި ގުޅޭ ގޮތުން ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.
ވިލިގިލި ދާއިރާގެ ކުރީގެ މެންބަރު ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ- މިނިސްޓަރ ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ