ޕީޕީއެމްގެ ބޮޑު ޖަލްސާ ބޭއްވޭ ވަރުގެ ބިމެއް މާލެއަކު ނެތް: އަބްދުއްރަހީމް އަބްދުﷲ
މިމަހުގެ 17 ވަނަ ދުވަހު ޕީޕއެމްއިން "އެއްމެން އެކަކަށް" ނަމުގައި ބާއްވަން ތައްޔާރުވަމުންދާ ބޮޑު ޖަލްސާ ބޭއްވޭވަރުގެ ހުސް ބިމެއް މާލޭގައި ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންެގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ބޮޑު ޖަލްސާ ބާއްވާ ވަރުގެ ބިމެއް މާލޭގައި ނެތް ކަމަށާއި އެވަރުގެ ތަނެއް ހޯދުމުގެ މަސައްކަަތް ކުރަމުންދާކަމަށެވެ." ރާއްޖެތެރޭ މީހުން ގެނެސްގެން ޖަލްސާ ބޭއްވޭ ވަރުގެ ހުސް ބިމެއް މާލެ އަކުނެތް، އެވަރުގެ ތނެއް ލިބޭތޯ މަސައްކަތް ކުރަމުން މިދަނީ" އަދުރޭ ވިދާޅުވިއެވެ.މީގެ އިތުރުން އަދުރޭ ވިދާޅުވީ އެޖަލްސާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން ފާޅު ކުރަމުންދާ ކަމަށާއި، 15000 އާއި 20،000 އާއި ދެމެދުގެ އަދަދަކަށް ރާއްޖެ ތެރެއިން މި ޖަލްސާއަށް މީހުން އަަންނާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން ހާހެއްހާ މީހުން ގެނެސްގެން ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވިޔަސް ޕީޕީއެމްްގެ ސަޕޯޓަރުން މާގިނަ ކަމަށާއި އެވަރު ތަނަކު ޕީޕީއެމްގެ ބޮޑު ޖަލްސާ ނުބޭއްވޭނެ ކަމަށެވެ.އަބްދުއްރަހީމް ވިދާޅުވީ އެ ޖަލްސާއަށް މީހުން އަންނާނީ އެ ބޭފުޅުން ހަރަދު ކޮށްގެން ނޫންކަމަށާއި ރައްޔިތުން ޕީޕީއެމްގެ ޖަލްސާއަށް އަންނާނީ ހިތުން ރުހުމުން އެއްވެސް މަޖުބޫރު ކަމެއް ނެތިކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައި ގަންނަވާނެ ކަމާއި މެދު އެއްވެސް ސައްކެއް ނުކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ