ސަޢޫދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަން ކުރެއްވުމަށްޓަކައި، މާފަންނު ކްރެސްޓްވުޑް ޢަބްދުﷲ ޙަމީދުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ޢަބްދުﷲ ޙަމީދުގެ ނަންފުޅު ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދަށް ފޮނުއްވި ސިޓީފުޅުގައި، ޢަބްދުﷲ ޙަމީދު ސަފީރުކަމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައިދެއްވައި، އެމަޖިލީހުން ނިންމަވާގޮތް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު ރައީސް ވަނީ، އަބުދުﷲ ހަމީދު އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އައްޔަން ކުރައްވާފައެވެ.
ސައުދީ އަށް ކަނޑައަޅާ ސަފީރަކަށް އަބްދުﷲ ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ