އަބްދުﷲ ގާޒީއަށް އިންޒާރުދިން ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ރ. މާކުރަތަށް ވަޑައިގެން އުޅުއްވަނިކޮށް އޭނާއަށް ބިރުދައްކާ އިންޒާރުދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެމީހުންގެ ތެރެއިން އެކަކަށް އިއްޔެ 15 ދުވަސް ޖަހާފައިވާ އިރު، އަނެކަކަށް އޭގެ ކުރިން 15 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.
އަބުދުﷲ ގާޒީއަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ އިތުރުން އެދެމީހުން ހައްޔަރު ކުރަން ދިޔަ ފުލުހުންނަށް ހުރަސް އެޅި ހަމީހުންގެ ބަންދުގެ މުއްދަތު ވެސް 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ރ.މާކުރަތުން ދެމީހަކު އަބުދުﷲ ގާޒީއަށް އިންޒާރުދީ ހަދާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އީދު ބަންދުގައި އެރަށް ކުރެއްވި ދަތުރުފުޅުގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ