އޭޕްރިލް 1ގެ ފަހުން އޭދަފުށިން ފުރި މީހުން ކަރަންޓީނުވާން އަންގައިފި

ބ. އޭދަފުށިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމުން, މި މަހުގެ އެކަކުން ފެށިގެން އެ ރަށުގައި އުޅުމަށް ފަހު އެހެން ރަށަކަށް ދަތުރުކޮށްފި ނަމަ އެ މީހަކު ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، އޭދަފުށިން ކޮވިޑުގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ، މިމަހުގެ 1 ވަނަ ދުވަހުގެ ފަހުން އެެރަށުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.
އަދި އެ ތާރީހުގެ ފަހުން އޭދަފުއްޓަށް ގޮސްފައިވާ ފަރާތެއްވާނަމަ، ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އަދި އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ މީހުންވެސް ސާމްޕަލްއެއް ނަގައި ޓެސްޓުކުރަން ވަނީ އަންގައިފަ އެވެ.
އެޗްޕީއޭ އިން ބުނީ، 1 އޭޕްރިލްގެ ފަހުން ނައިފަރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފުލޫ ކުލިނިކު، ހުޅުމާލޭ ފުލޫ ކުލިނިކު އަދި ވިލިމާލޭ ފުލޫ ކުލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދޭ ކަމަށެވެ.
އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އަދި މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލްއެއް ނަގައި ޓެސްޓު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ