މިއަދު ހަވީރު 6:00 ން ފެށިގެން ފައިނުގައި ފިޔަވަޅުތައް ހަރުކަށިކުރަނީ

ފައިނު ކައުންސިލުން އާންމު ކޮށްފައިވާ ޓާސްކްފޯސްގެ ނިންމުމުގައިވާ ގޮތުން، ރަށުގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މީހުންގެ ހަރަކާތްތައް ވީހާވެސް މަދުކުރުމަށާއި މީހުން ދިމާވާ މިންވަރު މަދުކުރުމަށްޓަކައި މިއަދުގެ ހަވީރު 6 ން ފެށިގެން 1 ހަފްތާގެ މުއްދަތަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 1. ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނިކުމެނޫޅުން2. ވިޔަފާރިކުރުމަށް އެއްވެސް ފިހާރަޔަކަށް ނުދިއުމާއި ބޭނުންވާ ތަކެތި ކަނޑައެޅިފައިވާ ގަޑިތަކުގައި ފިހާރައިން ޑެލިވަރީ ކުރާގޮތަށް ހަމަޖެއްސުން. މިގޮތުން ޑެލިވަރީކުރާނީ ހެނދުނު 9 ން 11 އަށް އަދި ހަވީރު 4 ން 6 އަށް، ޓާސްކުފޯހުން ކަނޑައަޅާ ފަރާތްތައް3. ވިޔަފާރި ކުރުމުގައި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ގެންދިއުން4. ކުނިވާޒާތުގެ ތަކެތި އުކާލުމަށް ކޮންމެދުވަހަކު ހަވީރު 5 ން 7 އަށް ކޮންމެ ގެއަކުންވެސް ކަނޑައަޅާ 1 ފަރާތެއް ދިއުން5. ކަރަންޓީނު ކުރެވިފައިވާ ގޭ ތަކުން އުކާލާ ހުރިހާ ބާވަތެއްގެ ކުނިވެސް ޓާސްކްފޯސްގެ ހާއްސަ ހުއްދައެއް ލިބުމަށްފަހު ޓާސްކްފޯސްގެ ބެލުމުގެ ދަށުން އުކާލުން6. ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކުންް ގޯތިން ބޭރުގައި އަދި ސައިޓްތަކުގައި މަސައްކަތްކުރާނަމަ ޓާސްކްފޯހުގެ ހާއްސަ ހުއްދައެއް ނެގުން އަދި ހުއްދައިގެ ދަށުން މަސައްކަތްކުރުމުގައި އެއްވެސް މީހަކާއި ދިމާނުވާނެކަން ކަށަވަރުކޮށް ގެއިން ސައިޓަށް އަދި ސައިޓުން ގެއަށް ދިއުން7. ރަށަށް ގެނެވޭ އަދި ބޭރުކުރެވޭ މުދަލާއި ކާބޯ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޓާސްކްފޯހުގެ ހުއްދަ ހޯދުން އަދި ޓާސްކްފޯހުން ހުއްދަދޭ ފަރާތްތަކުން އެކަނި އެކަން ކުރުން8. މިދުވަސްވަރު އެއްރަށުން އަނެއްރަށަށް މުދާ ފޮނުވުމުގައި ވީހާވެސް ބޮޑަށް ސަމާލުވެ ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ފިޔަވާ އެހެން ބާވަތްތައް ނުފޮނުވުން އަދި ނުގެނައުން9. ރަށުގައި ވައިފައި، ޓީވީ ފަދަ ޚިދުމަތްދޭ ތަންތަނުންް ގޯތިންބޭރުގައި އެއްވެސް ކަމެއްކުރާނަމަ ޓާސްކްފޯހުގެ ހުއްދަ ނަގައިގެން ކުރުން10. ޑިއުޓީ ބަހައިގެން ވަޒީފާ އަދާކުރާ ފަރާތްތަކުން ގެއިންބޭރުގައި އުޅޭނަމަ އެފަދަ ފަރާތެއްކަން އެނގޭނެ ކާޑެއް ނުވަތަ ޔުނީފޯމެއް ބޭނުންކުރުން ނުވަތަ ޓާސްކްފޯހުގެ ހުއްދަހޯދުން11. އެއްގެއެއްގައި ދިރިއުޅޭ ފަރާތްތަކުން ނޫނީ އެއް އުޅަނދެއްގައި ވަދުއެޅުމަށް ނުވަތަ މަސްވެރިކަމަށް ނުދިއުން. އަދި މިފަދަކަމަކަށް ނިކުތުމުގެ ކުރިން ޓާސްކްފޯހުގެ ހުއްދަހޯދުންކޮވިޑް19 ގެ ކޭސްތަކެއް ފެނި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ފައިނު އޮތީ މޮނިޓަރިންގައެވެ. މިހާތަނަށް ކޮމިއުނިޓީ ތެރެއިން 30 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ