އުމަރު ނަސީރު ޖޭޕީއިން ވަކިވެވަޑައިގެންފި

ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފިއެވެ.
މިނިސްޓަރު ވަނީ މިކަން ޓުވީޓާ މެދުވެރިކުރައްވާ ކަށަވަރުކޮށްދެއްވާފައެވެ.
އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީ އިން މިހާރު ނިންމަމުންދާ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭތީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ހިތްހަމަޖެހިވަޑައިނުގަންނަވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ، ، ޖުމްހޫރީ ޕާޓީ އިން ވަނީ އިދިކޮޅު އެމްޑީޕީ އާއި އެކު އެއްބަސްވުމެއް ހަދާފައެވެ. އެއްބަސްވުމުގައިވާ ގޮތުން ޕާޓީތަކުން އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކަށް އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯދައިދިނުމާއި ސަރުކާރުން ކުރަމުން އަންނަ ގާނޫނާއި ހިލާފު ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުން ހިމެނެއެވެ.
އުމަރު ވިދާޅުވީ ޖޭޕީން ވަކިވި ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އަބަދު ވެސް އިހުތިރާމުކުރައްވާ ވިިޔަފާރީގެ ޕާޓްނަރެއް ކަމަށެވެ. އަދި އޭނާއަކީ މެންޓޯއެއްގެ ގޮތުގައި ބައްލަވާ ބޭފުޅެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައިވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ޕާޓީން ވަކި ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ