މިއަދު ވެސް މޫސުން ގޯސް، 50 މޭލަށް ވައި ގަދަވާނެ

މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ކަމަށާއި އަދި ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ވަނީ ހއ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. ވައިޓް އެލާޓް ނެރުނު ސަރަހައްދުތަކަށް ވައި ޖެހޭނީ އާންމުކޮށް 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަަމަށެވެ. އަދި  ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައިއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
ހުރިހާ ފަރާތުތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ