މާލެއިން ކަރަންޓް ކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކުން

ސްޓެލްކޯގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑު ސަރަޙައްދަކުން ކަރަންޓު ކެޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑުނީ އިންޖީނުގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ.
އަދި މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އެކުންފުނިން ބުނީ އެ މައްސަލަ ހައްލުކޮށް ކުރިއަށްއޮތް ބައިގަނޑިއެއްހާއިރު ތެރޭގައި ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މާލޭގައި ފަހަކަށްއައިސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ