އެއްވެސް ސަބަބެއް ނެތި މަޖިލީހަށް ވަޑައިނުގަންނަވާ ރައްޔަތުންގެ މަޖިލިސް މެމްބަރުންނާމެދު ފިޔަވަޅު އަޅައިދެއްވުމަށް އެދި ސުލޫކާ ބެހޭ ކޮމެޓިއަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ހެނދުނު 9:00 އަކަށް ތާވަލްކުރިއިރު، މެމްބަރުން ގަޑިއަށް ހާޒިރު ނުވާތީ ކޯރަމް ހަމަނުވެގެން ޖަލްސާ ވަނީ 9:30 އަށް ފަސްކޮށްފައެވެ. އެގޮތުން ޖަލްސާ ފެށީ 09:30 ގައެވެ.
"އަޅުގަނޑު ގަސްތުކުރަން މަޖިލީހުގެ ސުލޫކާ ބެހޭ ކޮމެޓީއަށް މިއަދު މައްސަލައެއް ފޮނުވަން. އިއްޒައްތެރި މެމްބަރުން ގަޑިއަށް ހާޒިރުވާން ސަބަބެއްނެތި ވަޑައި ނުގަންނަވާކަމުގައި ވާނަމަ އެބޭފުޅުންނާއިމެދު އަޅާނެ ފިޔަވަޅެއް ނިންމަވައިދެއްވުމަށް" ގާސިމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ ޒިންމާ ނަގައިގެން ތިބޭ ބަޔަކު ގަޑިއަށް ހާޒިރުވާން ޖެހޭނެކަމަށާއި، ވަކި ބަޔަކު ހާޒިރުވެ މަޖިލިސް ފެށުމަށްޓަކައި އަބަދު އައުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ނޫންކަމަށެވެ. އަދި އެއީ ކޮންމެ ބޭފުޅެއްގެ ޒިންމާއެއް ކަމަށް ވެސް ވަނީ މުހައްމަދު ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، ސުކޫލް ކުދިން ގަޑިއަށް ދިއުމުގެ މިސާލު ނަންގަވާ މެމްބަރުން ގަޑިއަށް ހާޒިރު ނުވެވޭ ކަމަށާއި، މަޖިލީސް ފެށުމައްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތް ބޮޑު ސަމާލުކަން ދެއްވައިގެން ކުރެއްވުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަރިހުގައި އެދިވަޑައިގަންނަވާ ކަމަށެވެ.
"ވަކި ބަޔަކު މިތަނަށް ހާޒިރުވެ މަޖިލިސް ފެއްޓުމަށްޓަކައި އަބަދު އަންނަންޖެހޭ ގޮތަށް ވުމަކީވެސް އެއީ ކުރަންޖެހޭ ކަމެއް ނޫން. ގަޑި އަށް ހާޒިރުވުން ކޮންމެ ބޭފުޅެއްގެވެސް ޒިންމާއެއް" މުހައްމަދު ވަހީދު ވިދާޅުވިއެވެ .
2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ވަނީ ބަޖެޓު ފާސް ކުރުމާއި، އާ ބިލުތަކެއްގެ ފުރަތަމަ ކިޔުން އިއްވުން ތާވަލް ކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރުން ގަޑިއަށް ހާޒިރުނުވާ މައްސަލަ ސުލޫކާ ބެހޭ ކޮމެޓީއަށް ހުށަހަޅާނަން: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ