ޖުމުހޫރީ 50 އާއި ގުޅިގެން ބާއްވާ ޝަރަފުގެ މި ހިނގާލުން މާދަމާ ހަވީރު

ދިވެހިރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝާނަލް ޑިފެންސް ފޯސް އިން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ މާލެ ސިޓީގައި ބޭއްވުމަށް ނިންމާފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ޖުމުހޫރީ 50 އާއި ގުޅިގެން ބާއްވާ ޝަރަފުގެ މި ހިނގާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ން ފެށިގެން ނެވެ. ހިނގާލުން ކުރިޔަށްދާނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިން ނިކުމެ، ބޮޑުތަކުރުފާނު މަގުން އިރަށްގޮސް ކަޅުތުއްކަލާކޮށްޓަށެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން ތިން ސަރަހައްދެއްގައި ހުއްޓުމަށް ހަމަޖެހިފައި ވާކަމަށާއި، އެގޮތުން ކާނިވާ ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑް ކައިރީގައާއި، ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރީގައި ހުއްޓޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ