ހިޔާލުތަކަށް ޝުކުރިއްޔާ، ތިއީ ޑިމޮކްރާސީ އަކީ: ރައީސް މައުމޫނު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނުކަމަށް ބުނި 12 މެމްބަރުންނަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދޭން އެއްބަސްވި ކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމު ކުރެއްވި ޓްވީޓަށް އަމާޒުވި ފާޑުކިއުންތަކަށް އެމަނިކުފާނު ޝުކުރު އަދާ ކުރައްވައިފިއެވެ.
ރައީސް މައުމޫނު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓާއި އެއްކޮޅަށް އަދި ދެކޮޅަށް ހިޔާލު ފާޅުކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި، ކޮންމެ މީހަކަށްވެސް ބިރަކާނުލައި ހިޔާލުފާޅު ކުރތުމުގެ ފުރުސަތު ލިބުމަކީ ޑިމޮކްރާސީ ކަމަށެވެ. I thank and welcome all those who have commented either favorably or unfavorably on what I had said in my tweet yesterday about the 12 MPs. After all everybody is entitled to express his/her views freely and without fear. That is democracy!— Maumoon Abdul Gayoom (@maumoonagayoom) November 6, 2018
ރައީސް މައުމޫނު 12 މެމްބަރުންނަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަކީ ޑިމޮކްރާސީއާއި މުޅިން ހިލާފު ކަމެއް ކަމަށް ބުނެ ހަތަރު ލީޑަރުންނަށް އެފަދަ ނިންމުމެއް ނުނިންމޭނެ ކަމަށްވެސް ބުނެފައެވެ.
މިކަމާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދުވެސް މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްތައް ދޭނީ އަދިވެސް ޕްރައިމަރީއަކަށް ފަހު ކަމަށެވެ. MDP hingumugai party ge ethereyge democracy varah muhinmu. Dhunieyge varah madhu siyaasee party ehga parliament gondee ge ticket dhinumah primary eh baavvanee. Miee faidha aai gellun huri kamehkan MDP thajuribaa kohfi. Ehenas, dhenves MDP ticket dheyn fennanee primary akah fahu— Mohamed Nasheed (@MohamedNasheed) November 6, 2018
މިކަމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ ޕާޓީތަކުން އެއްބަސްވެފައި ވަނީ އެކުގައި އިންތިހާބަށް ދާން ކަމަށާއި ދާއިރާ ލިބޭ ޕާޓީގެ ޓިކެޓް ދޭނީ ޕްރައިމަރީއަކުންތޯ ނުވަތަ ޕްރައިމަރީއަކާއި ނުލައިތޯ ނިންމާނީ އެޕާޓިއަކުން ކަމަށެވެ. Rayyithunge Majileehuge inthikhaabuga coalition inn ekuga vaadhakuran vanee nimmaafa.Dhaairaa libey party ge ticket dheynee primary eh baavvaafatho noonee primary akaanulaatho ninmaanee e party akun.Ehurihaa kamakah balaa insaafu kurumahfahu enme fahubas bunaanee RAYYITHUN.— Ahmed Mahloof (@AhmedMahloof) November 6, 2018
ގޮނޑި ގެއްލުނުކަމަށް ބުނި މެމްބަރުންގެ ތެރެއިން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ޕްރައިމަރީއަކަސް ދާން ބިރު ނުގަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ