ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލަ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވައްދައިފި
ރިޔާސީ އިންތިހާބާއި ބެހޭ މައްސަލައެއް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅުއްވައިފިއެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ސަލީމެވެ. އެމައްސަލަ ކޯޓަށް ހުށައެޅުއްވުމަށްފަހު ސަލީމް ވިދާޅުވީ ޕީޕީއެމްގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ގިނަ ޝަކުވާތަކެއް އިންތިޚާބާއިގުޅޭ ގޮތުން ލިބިފައިވާކަމަށާއި މައްސަލަ ކޯޓަށް ވައްދަން ރައީސް ނިންމެވީ އެކަންކަމަށް ބަލާފައިކަމަށެވެ. މިމައްސަލަ ކޯޓަށް ވެއްދުމާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަލަބޮލިވާނެކަމަށްބެލެވެއެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމާއެކު ޕީޕީއެމްއިން ފުރަތަމަވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރާކަމަށްބުނެފައެވެ. ނަމަވެސް ފަހުން އިންތިހާބާމެދު ކަންބޮޑުވުންތަކެއްހުރިކަމަށް އެޕާޓީއިންބުނީ އާއްމު މެމްބަރުންގެ ފަރާތުން ލިބުނު ޝަކުވާތަކަށް ބެލުމަށްފަހުކަމަށް އެޕާޓީއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ