ބޭސް ފަރުވާއަށްފަހު މައުމޫން ވަޑައިގެންފި

ބޭސް ފަރުވާ އަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެނބުރި ވަޑައިގެންފިއެވެ.
އެ މަނިކުފާނު މެލޭޝިއާއަށް ވަޑައިގެންނެވީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށް ކަމަށް މެލޭޝިއާއަށް ވަޑައިގެންނެވުމުގެ ކުރިން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖަލުގައި އަށް މަސް ހޭދަކުރައްވާފައި ވާއިރު، މެޑިކަލް ޗެކަޕެއް މުހިންމު ކަމަށް ވިދާޅުވިއެވެ.
މައުމޫން މާލެ އެނބުރި ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާއިލާގެ ބޭފުޅުންގެ އިތުުރުން އެމްއާރުއެމްގެ ބޭފުޅުން އެއާޕޯޓުގައި ތިއްބެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އަދި އެކަމާއި ގުޅިގެން އިއުލާންކުރި ކުއްލި ހާލަތުގެ ދަށުން މައުމޫން ހައްޔަރުކޮށް ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބި ސިއްހީ ހާލުކޮޅު ގޯސްވެ އާއިލާއިން ވެސް އެއިރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސިއްހީ ހާލުކޮޅާ ގުޅިގެން މާލެ ގެނެސް ފަރުވާދެއްވާފައި ވާއިރު، ހާލުކޮޅު ސީރިއަށް ވެގެން ޖަލަށް ވެސް ޑޮކްޓަރުން ގެންގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ