މުސްތަފާ އެމްޑީޕީއަށް ސޮއިކުރައްވާ ވާހަކަ ވިދާޅުވި: ރައީސް މައުމޫން

ޕީޕީއެމްގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި، ތހިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން ކުރީރެ ރައީސް މައުމޫނު އަބުދުލް ޤައްޔޫމާ ގުޅުއްވައި އެވާހަކަ ވިދާޅުވެފައިވާ ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުސްތަފާ ތިމަރަފުށީގޮނޑި ކާމިޔާބު ކުރެއްވީ ވެސް އެމްޑީޕީގެ ޓިކެޓްގަ އެވެ. ނަމަވެސް ފަހުން ރައީސް މައުމޫނުގެ ޒަޢާމަތުގައި ޕީޕީއެމް އާ ގުޅިވަޑައިގެންނެވި، މުސްތަފާ ރޭ އެމްޑީޕީއަށް ސޮއިކުރައްވާފައިވާއިރު، ސޮއި ކުރެއްވުމުގެ ކުރިން ރައީސް މައުމޫނަށް އެވާހަކަ ދެއްނެވި ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް މައުނޫނު ވަނީ ޓްވީޓް ކުރައްވައިފަ އެވެ.
ޕީޕީއެމްގައި ހުންނަވައި ރައީސް އަބުދުﷲ ޔާމީން އާ ޚިޔާލު ތަފާތުވެ ހިނގި ކަންތައްކަނޑޫގެ ތެރެއިން މަޖިލީހުގެ ގޮނޑި ގެއްލުނުކަމަށް ބުނި މަޝްހޫރު 12 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި މުސްތަފާ މިހާތަނަށް ޕީޕީއެމްގައި ހުންނެވީ ރައީސް މައުމޫނުގެ ފަޅީގަ އެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މުސްތަފާ ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތި ލައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ