ސަލާމަތީ ހިދުމަތްތަކުގެ ވެރީން އެ މުއައްސަސާތަކުގެ ތެރެއިން ނަގަނީ ސިޔާސީ ފިކުރުތަކާ ދުރުކުރުމަށް : އުމަރު ނަސީރު

ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިޔަކަށް ނަގަން ވާނީ އެ މުއައްސަސާއެއްގެ އޮފިސަރުންގެ ތެރެއިން ކަމަށް ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނު އަދި ޖަލުތަކުގެ ގާނޫނުގައިވެސް އޮންނަނީ މުއައްސަސާތައް ސިޔާސީ ފިކުރުތަކާ ދުރުކުރުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ނޫނަސް ކޮމިޝަނަރު އޮފް ޕްރިޒަންސް އަކަށް އައްޔަން ކުރެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މިއަދު ވަނީ އިސްލާހު ގެނެސްފައެވެ.
އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިންނަށް އެ މުއައްސަސާއިން ބޭފުޅުން ހަމަޖެއްސުމަކީ އެ ހިދުމަތްތައް ޕްރޮފެޝަނަލް ކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ނަމަވެސް މިހާރު ފެނިގެންދަނީ މި އެ ހިދުމަތްތަކުގައި އެއް ޒަމާނެއްގައި އުޅުއްވި ބޭފުޅުން، އެތައް އަހަރުތަކެއް ފަހުން ފިޓްނެސް ގެއްލި، މޯރަލް އޮތޯރިޓީ ގެއްލި، ޒަމާނީ ތަމްރީން ތަކާއި ރިފްރެޝާ ކޯސްތަކެއް ނުހައްދަވާ އެތައް އަހަރެއް ވެފައިވާ ބޭފުޅުން ވަލު ދޮރާށިން ވަންނަވާ ޔުނިފޯމް އެޅި ހިދުމަތްތަކާ ހަވާލުވެލައްވާ މަންޒަރު،" އޭނާ ވިދާޅުވިއެވެ.
އެގޮތަށް ނިންމުމަކީ ޒަމާނަށް ނުފެތޭ ނިންމުމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ