ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި

ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް އެމެރިކާ އިން މަރުހަބާ ކިޔައިފި އެވެ.
އެމެރިކާ އިން އެ ނިންމުމަށް މަރުހަބާ ކިއީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި ރޮބަޓް ހިލްޓަން ކުރެއްވި ޓްވީޓެއްގަ އެވެ.
ރޮބަޓްގެ ޓްވީޓްގައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާ އިން މަރުހަބާ ކިޔާ ކަމަށާއި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި ގުޅިގެން މަސައްކަތް ކުރަން އެ ގައުމުން ބޭނުންވާ ކަމަށެވެ.
We welcome the #Maldives Supreme Court decision and look forward to working with President @ibusolih after his inauguration. It’s a new and positive era for all Maldivians.— Robert Hilton (@HiltyBob) October 21, 2018
ރޮބަޓްގެ ޓްވީޓްއެމެރިކާ އިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ކުރިން ހުންނެވި ސަފީރު އަތޫލް ކެޝަޕްގެ ދައުރު މިިދިޔަ ޖުލައި މަހު ހަމަވުމުން އެމްބަސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިހާރު ހުންނެވީ ރޮބަޓް އެވެ. ހުސްވެފައިވާ ސަފީރު ކަމުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފައި ވިޔަސް، އޭނާ މަގާމުގެ ޒިންމާތަކާ އަދި ހަވާލުވެ ވަޑައެއް ނުގަންނަވަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާ އިން މަރުހަބާ ކިއި އިރު، އިންތިޚާބަށް ފަހު އެމެރިކާގެ ޚާއްސަ ޑިޕްލޮމެޓެއް ކަމަށްވާ އެލިސް ވެލްސް ވެސް ވަނީ ރާއްޖެ ވަޑައިގެން އެކި ފަރާތްތަކާ ބައްދަލު ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ ނިންމުން ގަބޫލު ނުކުރަން އުޅޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ކުރިން އޮތީ ދީފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ވެސް ކުރިން ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ