ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލައިފި

ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފާވާކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިމް ބުނެފިއެވެ.
ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ދާނީ އެ މަސައްކަތް ނިމި، އެޗްޑީސީން ވަކި ގޮތެއް އެންގީމަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެޗްޑީސީން މިގޮތައް އެދިފައިމިވަނީ ހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓެއްގެ ތެރޭ ބަޔަކު ތާށިވެފައިވާތީ ލިފްޓްތައް ކޮމިޝަން ނުކޮށްހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށްބަލައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ވަނީ ބުނެފައިއެވެ.
ސްޓެލްކޯ އިން އަންނަނީ ކޮންމެ ދުވަހަކު ދެ ޓަވަރަށް ކަރަންޓު ދެމުންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލު ކޮށްފައިވާއިރު ބައެއް ފްލެޓުތަކުގެ އިންޓީރިއާ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.
މި މަސައްކަތް ނިންމަން ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ