ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އިބޫގެ ކެމްޕޭނުގައި ބައިވެރިވަޑައިގެންފި

ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ހަރަކާތްތަކުގައި ބުދަ ދުވަހު ބައިވެރިވެވަޑައިގަންނަވައިފިއެވެ. 
މާފަންނުގައި ބުދަ ދުވަހު ހަވީރު ކުރިއަށް ގެންދެވި ޑޯޓްޑޯގައި ކެމްޕެއިނުގައި ނިޝާން ޢިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ އުމަރު ޒާހިރުގެ ގެކޮޅަށް އިބޫ ވަޑައިގެންނެވުމާއެކު އެދެބޭފުޅުން ވަނީ ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އަދި އޭގެ ފަހުން ދެބޭފުޅުންވަނީ އެކުގައި ވަޑައިގެން ޖޭޒްއިން ސައި ބައްލަވައިގެންފައެވެ.
އުމަރު ޒާހިރަކީ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ގާތް އެކުވެރިއެއްގެ އިތުރުން ރައީސް މައުމޫނުގެ ވެރިކަމުގައި ވަޒީރުކަމާއި ދައުލަތުގެ އިސް ބައެއް މަގާމްތައް ފުރުއްވާފައެވެ.
އިދިކޮޅު ކެމްޕެއިންގައި އުމަރު ޒާހިރު މިއަދު ބައިވެރިވެވަޑައިގެންނެވި އިރު ރައީސް މައުމޫނުގެ ގާތްބޭފުޅުން މިހާރުވެސް ގެންދަވަނީ އިދިކޮޅު ކެމްޕެއިންގައި ބައިވެރިވެވަޑައި ގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ