ތުރުކީގެ ރިޔާސީ އިންތިހާބު 2018

*ތުރުކީގެ ރިޔާސީ އިންތިހާބާއި ގުޅޭ އެންމެފަހުގެ ޚަބަރުތައް ދިއިސްލާމް މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދެވެމުންދާނެ:ތުރުކީގެ އިންތިހާބު އެއްބުރުން އުރުދުޣާން ކާމިޔާބު ކުރައްވައިފި21:50 ވޯޓު ފޮށީގެ 54 އިންސައްތަ ގުނާ ނިމުނު އިރު ނަތީޖާ: 1- ރަޖަބް ޠައްޔިބް އުރުދުޣާން – %56.20 2- މުހައްރަމް އިންޝް – %28.70 3- ޞަލާހުއްދީން ޑެމްރިޓާސް – % 7.40 4- މެރަކް އަކްސޭނަރ – %6.40 5- ޓެމެލް – %0.90 6- އީސްޓަން ޕެރިންސެކް – %0.10 20:55 ވޯޓު ފޮށީގެ 20 އިންސައްތަ ގުނާ ނިމުނު އިރު ނަތީޖާ: 1- ރަޖަބް ޠައްޔިބް އުރުދުޣާން – %59.10 2- މުހައްރަމް އިންޝް – %26.50 3- ޞަލާހުއްދީން ޑެމްރިޓާސް – % 5.50 4- މެރަކް އަކްސޭނަރ – %7.70 5- ޓެމެލް – %0.90 6- އީސްޓަން ޕެރިންސެކް – %0.10 20:40 އިންތިހާބުގެ ކަންކަން އަމާންކަމާއި އެކު ކުރިއަށް ގެންގޮސްދެއްވާފައިވާތީ އިންތިހާބާއި ބެހޭ އިދާރާއަށް ތުރުކީގެ ބޮޑުވަޒީރު ޔިލްޑްރިމް ޝުކުރު އަދާކުރައްވައިފި. ބޮޑުވަޒީރު ވިދާޅުޥި މިފެނިގެންދިޔައީ އެތައް މަހެއްކުރިން ދުރާލާ މިކަމަށް ތައްޔާރުވުމުގެ ނަތީޖާ ކަމަށް 20:00 ވޯޓުލުން ކުރިއަށްދިޔަ މަރުކަޒުތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދަނީ 19:50 “ޓިކާ” އަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 1992 ވަނަ އަހަރު ތުރުކީއިން އުފައްދާފައިވާ މުއައްސަސާއެއް. ކެބިނެޓްގެ ބެލުމުގެ ދަށުން ހިންގާ މިމުއައްސަސާވެފައިވަނީ 2002 ވަނަ އަހަރު އޭކޭ ޕާޓީ ވެރިކަމާއި ހަވާލުވުމަށްފަހު އެފްރިކާގެ ޤައުމުތަކަށް އެންމެ ގިނައިން އެހީ ތެރިކަން ފޯރުކޮށްދޭ މުއައްސަސާއަށް ވެފައި 19:30 ވޯޓުލުން ނިމުނުކަން އިންތިހާބާއި ބެހޭ ކޮމިޓީއިން އިއުލާނުކޮށްފި. އެހެން ނަމަވެސް ވަގުތު ހަމަވިއިރު ކިއުގައި ތިބި މީހުން ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށްދާނެ ކަމަށް އެފަރާތުން ބުނޭ19:00 ސެކިއުލާރ ޕާޓީތަކުން އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ “ޓިކާ” ބަންދުކުރާނެކަމަށް ބުނެފައިވާ ބުނުމަކީ އަޚުލާޤީގޮތުން ދަށް ފެންވަރުގެ ކަމެއް ކަމަށް އޯއައިސީގެ ޕާލިމެންޓަރީ ލީގްގައި ތުރުކީ ތަމްސީލްކުރާ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ 18:15 ވަގު ކަރުދާސް ބޭނުންކޮށްގެން އިންތިހާބުގައި ވޯޓުލުމަށް މަސައްކަތްކުރި ތިން މީހަކު ހިފަހައްޓާ އެމީހުންގެ މައްސަލަ ބަލަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި. އެގޮތުން މިމީހުން މަސައްކަތް ކޮށްފައިވަނީ ކުރުދީންގެ ތާއީދު ބޮޑު ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީއަށް ވޯޓު ދިނުމަށް 18:00 ދުނިޔޭގައި މިވަގުތު ހުރި އިސްކޮޅުން އެންމެ ކުރު އަންހެންމ މީހާވެސް އަދި އިސްކޮޅުން އެންމެ ދިގު އަންހެން މީހާވެސް ތުރުކީގެ އިންތިހާބުގައި ވޯޓުލާފައިވޭ 16:45 ވޯޓުލުމުގެ ހައްޤު ލިބިފައިވާ ގިނަ އަދަދެއްގެ ކުރުދީންދަނީ މިފަހަރުގެ އިންތިހާބުގައި ވޯޓުލަމުން. މިފަހަރުގެ އިންތިހާބުގައި 56 މިލިއަނަށްވުރެ ގިނަ ތުރުކީގެ ރައްޔިތުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވޭ 16:00 ތުރުކީގެ ދާޚިލިއްޔާއިން ހާމަކުރާ ގޮތުގައި އޮޅުވާލައިގެން އޮބްޒާވަރުންގެ ގޮތުގައި ވޯޓުލާ ކިއުއަށް ވަންނަން މަސައްކަތްކުރި ޔޫރަޕްގެ 10 މީހަކަށްވަނީ ޤާނޫނީ ފިޔަވަޅު އަޅާފަ. އެގޮތުން އަޤީރާ ސްޓޭޓްގައި ފްރާންސްގެ 3 މީހަކަށް ފިޔަވަޅު އަޅާފައިވާއިރު އިރު ދެކުނު ސްޓޭޓެއް ކަމުގައިވާ ސަރުނާގުގައިވަނީ ޖަރުމަނުގެ 3 މީހަކަށް ފިޔަވަޅު އަޅާފައި. މީގެ އިތުރުން އިޓަލީގެ 4 މީހަކަށްވެސް ފިޔަވަޅު އަޅާފައިވާ ކަމަށް ދާޚިލިއްޔާއިން ބުނޭ15:35 އީޔޫގެ ޤައުމުތަކަށް ނިސްބަތްވާ 10 ވަރަކަށް މީހުން އޮބްޒާވަރުން ކަމަށް ހެދިގެން ވޯޓުލާ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކުރުމުން ތުރުކީގެ ސަލާމަތީ ފަރާތްތަކުން އެމީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅައިފި 14:30 އީޔޫގެ އޯގަނައިޒޭޝަން ފޮރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ތުރުކީގެ އިންތިހާބު ސްޕަވައިޒްކުރުމަށް އެޖަމާއަތުގެ 330 އޮބްޒާވަރުން ތުރުކީގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދޭ. އިންތިހާބު އޮބްޒާރވް ކުރުމަށް އެއްވެސް ދަތިކަމެއް ދިމާނުވާކަމަށް މިޖަމާއަތުގެ ހެޑް ބުނެފައިވޭ – އަނަދަޟޫ އޭޖެންސީތުރުކީގެ އިންތިހާބު އިސްލާމީ އުއްމަތަށް ޚާއްސަވަނީ ކީއްވެ؟14:07 ބަލިހާލަތު ހުރިގޮތުން ވޯޓުލާ މަރުކަޒުތަކަށް ވޯޓުލާން ދިއުމަށް އުޒުރުވެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ގެއަށް ވޯޓު ފޮށި ގެންގޮސް ވޯޓުލުމުގެ ކަންކަންވެސް ކުރިއަށް އެބަދޭ. އެގޮތުން 271 އަވަށަކުން 2400 މީހަކުވަނީ މޮބައިލް ޕޯލިންގ ބޮކްސްގެ ޙިދުމަތަށް ރަޖިސްޓްރީ ކޮށްފައި.14:05 އުރުދުޣާންއަށް އިންތިހާބުގައި ކާމިޔާބު ދެއްވުން އެދި މެލޭޝިޔާ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުން ދުޢާކޮށްފިއެވެ. އެގޮތުން އެޔުނިވަރސިޓީގެ މިސްކިތުގައި ކުރިއަށްދިޔަ ދުޢާކުރުމުގައި އެޔުނިވަރސިޓީގައި ކިޔަވަމުންދާ އިންޑިއާ، ބަންގްލަދޭޝް އަދި ނައިޖީރިޔާގެ ކިޔަވާކުދިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ޕާކިސްތާނުގެ ބައެއް މިސްކިތްތަކުގައި ހުކުރުދުވަހުގެ ހުކުރު ނަމާދުގެ ޚުތުބާގައިވެސް އުރުދުޣާންއަށް ކާމިޔާބު މިންވަރު ކޮށްދެއްވުން އެދި ދުޢާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.14:00 ތުރުކީގެ މިހާރުގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް ރަޖަބް ޠައްޔިބް އުރުދުޣާން އިންތިހާބުގައި ވޯޓުލައްވައިފިއެވެ. ރައީސް އުރުދުޣާން ވޯޓުލެއްވީ އިސްތަންބޫލްގެ ވޯޓްލާ މަރުކަޒަށް މިއަދު މެންދުރުފަހު 1:30 ގައެވެ. ވޯޓުލާން ވަޑައިގެންނެވިއިރު އަރިހުގައި ފަސްޓް ލޭޑީ އަމީނާ އުރުދުޣާންވެސް ވަޑައިގެން ވޯޓުލެއްވިއެވެ.ރިޔާސީ އިންތިހާބަށްފަހު ތުރުކީއަށް އަންނާނީ ކޮން ބަދަލުތަކެއް؟13:13 ތުރުކީގެ ބޮޑުވަޒީރު އަދި ވެރިކަންކުރާ އޭކޭ ޕާޓީގެ މެމްބަރ ޔިލްޑްރރިމް އިންތިހާބުގައި ވޯޓުލައްވައިފި. ޔިލްޑްރިމް ވޯޓުލައްވާފައިވަނީ އިޒްމީރް އަވަށުގައި މިއަދު ހެނދުނު 11:00 ގައި 13:10 ތުރުކީގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަމައެކަނި އަންހެން ކެނޑިޑޭޓް ގުޑް ޕާޓީގެ ޗެއަރވުމަން މެރަލް އަކްސޭނަރވެސް އިންތިހާބުގައި ވޯޓުލައްވައިފިއެވެ. އިސްތަންބޫލުގެ ބޭލަރބޭ އަވަށުގައި ބަހައްޓާފައިހުރި ވޯޓު ފޮށްޓައް އަކްސޭނަރ ވޯޓުލާން ވަޑައިގަތީ މިއަދު ތުރުކީ ގަޑިން 11:00 ހާއިރުއެވެ. 13:05 އިދިކޮޅު ޤައުމީ އިއްތިހާދުގެ ކެނޑިޑޭޓް މުހައްރަމް އިންޝް އިންތިހާބުގައި ވޯޓުލައްވައިފި. ސެކިއުލަރ ފިކުރަށް ތާއީދުކުރާ އިންޝް ވޯޓުލައްވާފައިވަނީ އިންތަންބޫލުގެ ޔަލޯވާ އަވަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓައް މިއަދު ތުރުކީ ގަޑިން ހެނދުނު 10:30 ހާއިރު13:00 ވޯޓުލުމުގެ ކަންކަންދަނީ އަމާން ކަމާއެކު: ޖަސްޓިސް މިނިސްޓަރޖަސްޓިސް މިނިސްޓަރ އަބްދުލްހަމީދު ޤުލްތުރުކީގައި މިއަދު ފެށުނު ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު ކަމަށް އެޤައުމުގެ ޖަސްޓިސް މިނިސްޓަރ އަބްދުލްހަމީދު ޤުލް ވިދާޅުވެއްޖެއެވެ. އިންތިހާބުގައި ވޯޓުލުމަށްފަހު ޤުލްވިދާޅުވީ އިންތިހާބަށްފަހުވެސް ޤައުމުގައި ހަމަޖެހުން އޮންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.“މިހާތަނަށް އެއްވެސް ހަމަނުޖެހުމެއްގެ މައުލޫމާތެއް ލިބިފައެއް ނުވޭ. ވޯޓުލުން ކުރިއަށްދަނީ އަމާން ކަމާއެކު” ޤުލް ވިދާޅުވިއެވެ. 11:00 ތުުރުކީގެ ރިޔާސީ އިންތިހާބާއި ޤާނޫނު ހަދާ މަޖްލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި. ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު ތުރުކީ ގަޑިން 08:00 ގައި. މިއަދުގެ އިންތިހާބުގައި 56 މިލިއަނަށްވުރެ ގިނަ ރައްޔިތުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު 180،000 އަށްވުރެ ގިނަ ވޯޓު ފޮށިވަނީ ބެހެއްޓިފައި10:00 ތުރުކީގެ ޤާނޫނު ހަދާ މަޖްލިސްގައި ޖުމްލަ 550 ގޮނޑި ހިމެނޭއިރު އެންމެފަހުން 2015 ވަނަ އަހަރު އޮތް އިންތިހާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފައިވަނީ ވެރިކަންކުރާ އޭކޭ ޕާޓީއިން. 316 ގޮނޑި އޭކޭ ޕާޓީއިން ކާމިޔާބުކުރިއިރު އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީއަށް 35 ގޮނޑި ލިބިފައިވޭ. އިދިކޮޅު މައި ޕާޓީ ރިޕަބްލިކަން ޕީޕަލްސް ޕާޓީއަށް 131 ގޮނޑި ލިބިފައިވާއިރު ކުރުދީންގެ ޕީ]ަލްސް ޑިމޮކްރަޓިކް ޕާޓީއަށްވަނީ 47 ގޮނޑި ލިބިފައި. 13 ގޮނޑި މިހާރު ހުސްވެފައިވާއިރު ގުޑް ޕާޓީގެ 6 ގޮނޑި މަޖްލިސްގައި ހިމެނޭ. އަދި 2 ގޮނޑިއަކީ މިނިވަން ކެނޑިޑޭޓޫންގެ ގޮނޑި 00:50 މިފަހަރުގެ އިންތިހާބުގައި އަލަށް 1.65 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު 271 އަވަށަކުން 2400 މީހަކުވަނީ މޮބައިލް ޕޯލިންގ ބޮކްސްގެ ޙިދުމަތަށް ރަޖިސްޓްރީ ކޮށްފައި. އަލަށްފެށި މިޙިދުމަތުގައި ބަލިހާލަތުހުރި ގޮތުން ވާޓުލާ މަރުކަޒަށް ވޯޓުލުމަށް ނާދެވޭ ފަރާތްތަކަށް އެފަރާތެއް ހުރި ތަނަކަށް ވޯޓުލުމަށް ވޯޓު ފޮށި ގެންގޮސްދެވޭނެ ކަމަށް އިންތިހާބައިބެހޭ އިދާރާއިން ހާމަކުރޭ 00:45 މިއަދުގެ އިންތިހާބުގައި އެއްވެސް ކެނޑިޑެޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ވޯޓު ނުލިބިއްޖެނަމަ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާނެ. އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ޖުލައިމަހުގެ 8 ވަނަ ދުވަހު 00:35 60 ޤައުމެއްގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންގެ ތެރެއިން އެއްމިލިއަނަށްވުރެ ގިނަ މީހުން ޖޫންމަހުގެ 7 ން  19 އަށް  ރިޔާސީ އިންތިހާބާއި ޤާނޫނު ހަދާ މަޖްލިސް އިންތިހާބުގެ  ވޯޓު ލާފައިވާއިރު ވޯޓު ފޮށިތައް ހުކުރުދުވަހު ތުރުކީއަށް ގެނެވި ވެރިރަށް އަންކާރާގެ އަންކާރާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިމާރާތުގައި ވަނީ ބެހެއްޓިފައި . 24 ގަޑިއިރު މިފޮށިތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންދާއިރު މިފޮށިތަކުގެ ވޯޓު ގުނުންވެސް މިއަދު ކުރިއަށްދާނެ00:32 އިންތިހާބާއި ގުޅިގެން ވެރިރަށް އަންކާރާގައި ހަމާލާދޭން ރާވަމުންދިޔަ 14 މީހަކުވަނީ ހައްޔަރުކޮށްފައި. މިމީހުންނަކީ އައިއެސްއަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށް އަނަދަލޫ ނިއުސް އޭޖެންސީއިން ހާމަކޮށްފައިވޭ 00:30 ބުރާސްފަތި ދުވަހު އިސްތަންބޫލުގެ އައުއެއަރޕޯޓުގައި އިންނަވާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ އިންތިހާބުގައި ކާމިޔާބު ވެއްޖެނަމަ މިހާރު ހުރި 26 މިނިސްޓްރީގެ އަދަދު 16 އަށް މަދުކުރާނެ ކަމަށާއި އެއާއެކު ވިޔަފާރިއާއި ގުޅޭ އިދާރީ ކަންކަން މިހާރަށްވުރެ ލުއިވެގެންދާނެ ކަމަށް 00:25 ސެކިއުލަރ ފިކުރުގެ ޕީޕަލްސް ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް މުހައްރަމް އިންޝް ހޮނިހިރުދުވަހު ބޭއްވި އެއްވުމެއްގައި ބުނެފައިވަނީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ ތުރުކީގައި ދިރިއުޅެމުން ގެންދާ 4 މިލިއަން ސޫރިޔާ ރެފިއުޖީން އަނބުރާ ޤައުމަށް ފޮނުވާލާނެ ކަމަށާއި މިހާރު ތުރުކީގައި އިޢުލާންކޮށްފައިވާ ކުއްލި ހާލަތު އިންތިހާބުވާތާ 48 ގަޑިއިރުގެ ތެރޭގައި އުވާލާނެ ކަމަށް 00:20 މިއަދު އިންތިހާބު އޮބްޒާރވް ކުރުމަށް ބައިނަލްއަޤްވާމީ 8 ޖަމާއަތަކުން 415 އޮބްޒާރވަރުން ހަރަކާތްތެރިވާނެ. މިއާއެކު ތުރުކީގެ ބޮޑު ވަޒިރުވަނީ އިންތިހާބުގެ އޮބްޒާވަރުންނަށް އިންތިހާބު ދަނީ އިންސާފުވެރިކޮށްތޯ ބެލުމަށް ވިދާޅުވެ އޮބްޒާރވް ކުރުމުގެ ނަމުގައި ތުރުކީގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އިރުޝާދު ދެއްވާފައި 00:15 އިންތިހާބަށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ޔިލްޑްރިމްވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައި. އެގޮތުން ބޮޑުވަޒީރު ވިދާޅުވެފައިވަނީ އަމާން އޮމާން އިންތިހާބެއް ބޭއްވޭނެ މާހައުލެއް ޤާއިމްކުރުމަށް މިގޭ މަސްތަކެއް ކުރިން ފެށިގެން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް 00:12 އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު  އިންތަންބޫލްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 38,480 ފުލުހުން ހަރަކާތްތެރިވާނެ. އަދި ހަތަރު ހެލިކޮޕްޓަރާއި ޑްރޯން ޓީމްތަކާއި ހަތިޔާރުއެޅި އުޅަނދުތައްވެސް ހަރަކާތްތެރިވަމުންދާނެ 00:10 އިންތިހާބާއި ގުޅިގެން މިއަދު 06:00 އިން ފެށިގެން ބަނގުރަލުގެ ބާވަތްތައް ވިއްކުންވަނީ މަނާކޮށްފައި. އަދި މިރޭ 12:00 އާއި ހަމައަށް މީހުން އެއްވެ އުޅޭ ތަންތަނުގައި ބަނގުރާ ހިމެނޭ ބާވަތްތައް ބުއިންވެސްވަނީ ތުރުކީގައި މަނާކޮށްފައި 00:08 ޤާނޫނު ހަދާ މަޖްލިސްގެ އިންތިހާބުގައި ޖުމްލަ 8 ޕާޓީއަކުން ވާދަކުރާނެ. އޭކޭ ޕާޓީއާއި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވަނީ ކޮންޒަރވޭޓިވް އެންޑް ނޭޝަނަލިސްޓް ޕާޓީގެ އިތުރުން ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީ. އިދިކޮޅު ޕީޕަލްސް ރިޕަބްލިކަން ޕާޓީގެ ކޯލިޝަންގައި ޖުމްލަ 4 ޕާޓީ ހިމެނޭއިރު އެޕާޓީތަކުން އަމާޒު ހިފާފާތިބީ ޤާނޫނު ހަދާ މަޖްލިސްގައި 16 އަހަރުވަންދެން އޮތް އޭކޭ ޕާޓީގެ އަޤުލަބިއްޔަތު ދުއްވާލުމަށް 00:05 މިއަދުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 6 ކެނޑިޑޭޓަކު ވާދަކުރޭ.  މިހާރުގެ ރައީސް އަދި އޭކޭ ޕާޓީގެ ކެނޑިޑޭޓް ރަޖަބް ޠައްޔިބް ޢުރުދުޣާންއާއި ވާދަކުރާނެ ކަމަށް ބެލެވިފައިވަނީ ސެކިއުލަރ ފިކުރުގެ ޕީޕަލްސް ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް މުހައްރަމް އިންޝީ، 00:01 ވޯޓުލުންފެށެނީ ތުރުކީ ގަޑިން މިއަދު ހެނދުނު 08:00 ގައި. އަދި ހަވީރު 05:00 ހަމައަށް ވޯޓުލުން ކުރިއަށްދާނެ . ވޯޓުލާ ބޫތަށް މޮބައިލް ފޯނާއި ކެމެރާފަދަ ތަކެތި ވެއްދުންވަނީ މަނާކޮށްފައި. އަދި ވޯޓުލުމަށް އަންނައިރު އައިޑީކާޑް ނުވަތަ ކާކުކަން އެނގޭނެ ރަސްމީ ލިޔުމެއް ގެނައުމަށް އިންތިހާބާއި ބެހޭ އިދާރާއިން އިރުޝާދު ދީފައިވޭ 00:00 ތުރުކީގެ ރިޔާސީ އިންތިހާބާއި ޤާނޫނު ހަދާ މަޖްލިސްގެ އިންތިހާބުގެ ވޯޓުލުން މިއަދު އޮންނާނެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 56,322,632 މީހުން ރަޖިސްޓްރީ ކޮށްފައިވޭ އަދި ވޯޓުލުމަށް ޖުމްލަ 180,065 ވޯޓު ފޮށި ބެހެއްޓިފައިވާ ކަމަށް އިންތިހާބާއިބެހޭ އިދާރާއިން ހާމަކުރޭ އިންތިހާބު ކާމިޔާބު ވެއްޖެނަމަ ސޫރިޔާ ރެފިއުޖީން ޤައުމަށް ފޮނުވާލާނަން: މުހައްރަމް އިންޝީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ