ޖަލު ހުކުމެއްގައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އިއްޔެ ދޫނިދޫ ޖަލަށް ގެންދިއުމަށް ފަހު، މިއަދު އަނެއްކާވެސް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
މައުމޫން ދޫނިދޫއިން އަނެއްކާ ވެސް މާފުށީ ޖަލަށް ބަދަލުކުރި އިރު މައުމޫންގެ ހާލުކޮޅު ގޯސްވުމުން އެ މަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ވަކީލުން ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވެ އެވެ.
މައުމޫންގެ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ މައުމޫން މިއަދު ހަވީރު އަނެއްކާ ވެސް މާފުށީ ޖަލަށް ގެންދެވި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ މަނިކުފާނާ ބައްދަލެއް ނުކުރެވޭ. މާފުއްޓަށް އަނބުރާ ގެންދެވީ ކޮންއިރަކު ކީއްވެގެން ކަމެއް ވެސް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މައުމޫނާ ބައްދަލުކުރަން ވަކީލުން އެދުމުން އެ ފުރުސަތު ފުލުހުން ނުދިން ކަމަށެވެ. އަދި އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތު ވެސް ސާފު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ދޫނިދޫއަށް މައުމޫން ގެންގޮސް، އެ މަނިކުފާނު ފަރިއްކުޅުއްވާ ބޭސްތައް ފުލުހުން އަތުލާފައިވާ ކަމަށް ވަކީލުން ކުރިން ވަނީ ބުނެފަ އެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.
ރައީސް މައުމޫން އަނެއްކާވެސް މާފުށީ ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ