ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގައިގެންނެވި ފްލައިޓުން، "ސަލާމަތީ ސަބަބުތަކަށްޓަކައި" ކަމަށް ބުނެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ފުރުސަތު ނުދިންކަން ރާއްޖެ.އެމްވީއަށް އެނގިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެ.އެމްވީއަށް ކިޔައިދިން ގޮތުގައި ރައީސް ޔާމީން ތިމަރަފުށީ އެއަރޕޯޓަށް ވަޑައިގަތުމުގެ ދަތުރުފުޅުގައި ރިޔާޒު ލޯންޗްކޮޅުގައި އިންނަވަނިކޮށް، ރައީސްގެ ސެކިއުރިޓީން ވަނީ އޭނާ ލޯންޗުން ބާލައިފަ އެވެ. އަދި މާލެ ވަޑައިގަތުމަށް ފުރުސަތު ނުދެއްވީ ސަލާމަތީ ސަބަބުތަކާ ހުރެގެން ކަން ރިޔާޒު އަށް އެންގި އެވެ. ނަމަވެސް އެއީ ސަލާމަތީ ކޮން ސަބަބުތަކެއް ކަމެއް ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒު, ރައީސް ޔާމީންއާ އެއް ފްލައިޓެއްގައި ދަތުރުކުރެއްވުމަށް ފުރުސަތު ނުދިން މައްސަލައިގައި އޭނާގެ ބަހެއް ނުލިބުނެވެ.
މި މައްސަލަ މިގޮތަށް ދިމާވިއިރު، ތ. އަތޮޅުގެ ކެމްޕެއިން ދަތުރުގައި ރިޔާޒު ރަޝީދު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ތ. އަތޮޅަށް ބޮޑެތި ތަރައްގީތަކެއް ގެނެސް ދެއްވީ ރައީސް ޔާމީން ކަމަށް ފާހަގަ ކުރައްވައި ރިޔާޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި އެ އަތޮޅުގެ ބައެއް ރަށްތަކުން ރައީސް ޔާމީނަށް ސުޕަރ މެޖޯރިޓީ ހޯއްދަވައި ދެއްވާނެ ކަމަށެވެ.
މި މަހުގެ 13 އިން 15 އަށް ރައީސް ޔާމީން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވޭމަންޑޫ، ކަނޑޫދޫ، ބުރުނި، ވިލުފުށި، ދިޔަމިގިލި، މަޑިފުށި އަދި ތިމަރަފުއްޓަށް ވަޑައިގެންނެވި އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ