ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ހިޔާ ފްލެޓްއިން އަންނަ ހޮނިހިރު ދުވަހުގެ ބައެއް ގަޑިތަކުގައި ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާ ކަމަށެވެ.
ދެވަނަ ފިޔަވަހީގައި އަލަށް ހަދަމުން އަންނަ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އަންނަ ހޮނިހިރު ދުވަހު ހިޔާ ޓަވަރު 1 އިން 8 އަށް، ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށާއި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓް ކެނޑިދާނެ ކަމަށެވެ.
ސްޓެލްކޯއިން ވަނީ އެ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
ހޮނިހިރު ދުވަހުގެ ހިޔާގެ ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ