މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ކުރިއަށް ގެންދިއުމަކީ ހަމައެކަނި އިހްތިޔާރެއް ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލާއި ގުޅިގެން އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް، އެކްސްގައި ކުރެއްވި ޕޯސްޓަށް ތާއިދުކުރައްވަމުން ސިނާން ވިދާޅުވީ މީޑިއާއަށް އެކަށީގެންވާ ގާނޫނެއް ނެތި ދޮގު މައުލޫމާތު ފެތުރުމާއި، އަބުރު ގެއްލުމާއި، މުޖުތަމައުތައް ފަޅާލައި، ޑިމޮކްރަސީ ގެއްލޭނެ ކަމަށެވެ. މީޑިއާ ބިލަކީ އަޑު ކަނޑުވާލުމުގެ ބިލެއް ނޫންކަން ފާހަގަކުރައްވަމުން ސިނާން ވިދާޅުވީ އެ ބިލުގެ މަގްސަދަކީ ރައްޔިތުންގެ ހިމާޔަތާއި މުއައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގެ ނޫސްވެރިކަމަކީ ހަގީގަތް ހާމަކޮށްގެން ރައްޔިތުންނަށް ތެދު މައުލޫމާތު ލިބޭނެކަން ކަށަވަރު ކުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު މި ބިލު ބޭރުކޮށްލުމަށް ގޮވާލާ ނޫސްވެރިން ސޮއިކޮށް ޕަޓިޝަނެއް ވަނީ ހުށަހަޅާފައެވެ.
އައްޑޫ ތަރައްގީކުރާ ލޮޖިސްޓިކް ހާބަރާއެކު މަސްވެރިކަމުގެ ސިނާއަތުގެ އައު ދޮރެއް ހުޅުވިގެންދާނެ މާލީ ބަޔާން ހުށަހަޅާފައިނުވާ 5 މެމްބަރުންނަށް މަޖިލީހުން ނޯޓިސް ދީފި މާލޭގައި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފި އެފްއީއޭ އެކެޑަމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ