މުސާރަ ބޮޑު ކޮންޓްރެކްޓަކަށް ޑިމާންޑް ނުކުރާ ކަމަށް ކޮނާޓޭ ބުނެފި މުސާރަ ބޮޑު ކޮންޓްރެކްޓަކަށް ޑިމާންޑް ނުކުރާ ކަމަށް ކޮނާޓޭ ބުނެފި

ޕެރިސް (ނޮވެމްބަރު 16) - ލިވަޕޫލާ އެކު އާ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެކަމަކު ބޮޑު މުސާރަ ލިބެންޖެހޭނެ ކަމަށް ޝަރުތުކޮށް ކޮންޓްރެކްޓަކަށް ޑިމާންޑްނުކުރާ ކަމަށް ފްރާންސްގެ ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ ބުނެފި އެވެ.
ކޮނާޓޭ، 26، މި ވަގުތު ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަަލަށެވެ. ލިވަޕޫލުން އޭނާއާ އެކު އާ އެއްބަސްވުމެއް ހެދުމުގެ ވާހަކަތައް ކުރިއަށްގެންދަމުން އަންނައިރު، ޖެނުއަރީ މަހު، އޭނާ އަށް ބޭނުން ކްލަބަކާ ވާހަކަ ދައްކައި، ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އެ ޓީމަކާ ހިލޭ ޓްރާންސްފާއެއްގައި ގުޅޭ ގޮތަށް ޕްރީ އެގްރީމަންޓެއް ހެދޭނެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކޮނާޓޭ ވަނީ ލިވަޕޫލްގެ އެއްބަސްވުން އާ ކުރަން ހަފްތާ އަކު، 400،000 ޑޮލަރު ލިބޭ މުސާރައަކަށް ޑިމާންޑްކޮށްފަ އެވެ. އެކަމަކު، ކޮނާޓޭ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
"އަހަންނަށް ވަރަށް ގިނަ ވާހަކަތަކެއް އެބަ ފެނޭ ލިޔެފައި ހުންނަތަން، ހަގީގަތަކީ ލިވަޕޫލުން އަހަންނަށް އޮފާއެއް ހުށައެއްނާޅާ، އަދި އަހަންނެއް ވެސް ވަކި ކަންކަމެއް ޝަރުތުކޮށްގެނެއް ނޫޅެން. ތެދެއް، އަހަރެންގެ އެޖެންޓާއި ލިވަޕޫލުން އެ އަންނަނީ އާ ކޮންޓްރެކްޓެއްގެ މަޝްވަރާތައް ކުރަމުން. ޔަގީނުން ވެސް އަހަރެން މި ހުރީ އެ ވާހަކަތައް ނިމި މުސްތަގުބަލާ ގުޅޭ ނިންމުން އިއުލާނުކުރަން ބޭނުންވެފައި،" ކޮނާޓޭ ބުންޏެވެ.
އާރްބީ ލައިޕްޒިގުން 2021 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ކޮނާޓޭގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، މި ސީޒަން ނިމުމުން އޭނާ ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ވާހަކަތައް ސްޕެއިނުގެ މީޑިއާގައި ދެކެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ