ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅަކަށް ޑރ. އައިމިނަތު ޒާހިރު

ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅަކަށް ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފިއެވެ. އެ ސަނަދު ޑރ. އައިމިނަތު ޒާހިރަށް އެރުއްވީ، އިއްޔެ ގައުމީ ޔުނިވާސިޓީގައި އޮތް ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. އެހެންވެ، ދިވެހި ބަހުގެ ދާއިރާއިން އެންމެ މަތީ ސަނަދެއް މިހާރު އޮންނެވި ބޭފުޅަކީ އޭނާއެވެ. ގައުމީ ޔުނިވާސިޓީން 2019ގައި ފެށި، އެ ޕީއެޗްޑީ ޕްރޮގްރާމުގެ ތީސީސް އައިމިނަތު ލިޔުއްވާފައި ވަނީ، ދިވެހި ބަހުންނެވެ. ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކިވިދާތުގެ ވޭދަނަ ދިރާސާގެ ނަމުގައި އައިމިނަތު ތީސީސް ބިނާކުރެއްވީ، ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރި ކަމަށެވެ. އޭނާ ވަނީ، އެ ތީސީސް އެމްއެންޔޫއަށް ހަދިޔާ ކުރައްވާފައެވެ. https://x.com/MNUedu/status/1983953683181101093 މިހާރު ވެސް އެމްއެންޔޫގައި ލެކްޗަރާއަކަށް މަސައްކަތް ކުރައްވާ އައިމިނަތު ޒާހިރު ދިވެހި ބަހުން ޑިގްރީ ހާސިލުކުރެއްވީ، 2009 ވަނަ އަހަރެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ، އައިމިނަތު ޕީއެޗްޑީ ހާސިލުކުރެއްވުމަކީ މުޅި ގައުމަށާއި އެ ޔުނިވާސިޓީއަށް ވެސް ފަޚުރެއް ކަމަށެވެ. އަދި، އައިމިނަތުގެ ކާމިޔާބީއަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ މަރުހަބާ ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ