ކަށި މިޔަރުގެ މަސްވެރިކަން ހުއްދަކޮށް، ގަވާއިދު އާއްމުކޮށްފި
        ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން ތިމާވެށި ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުން ގޮވާލަމުންދަނިކޮށް، އެ ބާވަތުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް މިއަދު ހުއްދަކޮށްފި އެވެ.ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރީ މަސްވެރިކަމާ ބެހޭ އާންމު ގަވާއިދަށް ގެނައި ބަދަލަކުންނެވެ. އެ ގަވާއިދު 6:27 ގައި ވަނީ ގެޒެޓުކޮށް އަމަލު ކުރަން ފަށައިފަ އެވެ.ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުންް މިޔަރުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ބޭނުމާއި ހިފުމާއި މެރުމަކީ މަނާކަމެކެވެ. އެކަމަކު، ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކަށިމިޔަރު އާއިލާގެ ހުރިހާ ބާވަތެއް ބޭނުން މިހާރު ހުއްދަވާނެ އެވެ.ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ މި ގަވައިދާއެކު، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭން ވެސް އާންމުކޮށްފަ އެެވެ.ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭ ގަވައިދުގައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނ،ީ އެންމެ ގިނަވެގެން ޖުމުލަ 40 އުޅަނދަށެވެ. ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް، ދަފުތަރު ކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.އަދި ލައިސަންސް ދޫކުރުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. ގަވައިދުގައިވާ ގޮތުން ލައިސަންސްގެ މުއްދަތަކ،ީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލެވެ. ލައިސަންސް އައުކުރަން ހުށަހަޅައިފައިނުވާ ނަމަ، ހުސްވާ ޖާގައަށް ލައިސަންސް ދޫކުރެވޭނ،ީ ދަފުތަރުގައިވާ ތަރުތީބުން ކަމަށް ވެސް ގަވައިދުގައި ވެއެވެ.ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެެވެ. އަދި ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިޢުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫންމުއްދަތަކަށެވެ.މީގެ އިތުރުން، ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ކަށިމިޔަރު ގަންނަންވާނ،ީ މަސްވެރިކަން ކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެނުވަތަ ސަޕްލައިކުރުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުންނެވެ.ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުން ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނެފައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފި ނަމަ އެ އާއިލާގެ މިޔަރު ނިކަން އަވަހަށް ނެތިގޮސްދާނެ ކަމަށެވެ.ކަށިމިޔަރު ދަރިމާވާން ފަށަނީ އެ ސޮރުމެންނަށް ގާތްގަނޑަށް 20 އަހަރު ފުރޭ ފަހުންނެވެ. އެއީ ކަށިމިޔަރު ފުރާފުރިހަމަވާން އެ މުއްދަތު ނަގާތީ އެވެ. އަދި ދަރިމައިވުމުގެ އުމުރަށް ދިޔުމުން، ވިހަނީ ދެ އަހަރު ބަލިވެ އިނުމަށްފަހު އެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
             
            