ރާއްޖޭގެ ޖަލުތަކުގައި 176 ރަށަށް ނިސްބަތްވާ ޖުމްލަ 1،591 ގައިދިީން އެބަތިބި ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކަރެކްޝަނަލް ސާވިސްގެ ހެޑްކުއާޓާސް ހުޅުވުމަށް މިއަދު ހުޅުމާލޭ ޖަލު ހުންނަ ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ކަރެންޝަންސް އިން މިވަގުތު ރާއްޖޭގެ ތިން ޖަލެއްގެ އިތުރުން އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގެ ސެކިޔުރިޓީ ބަލަހައްޓާ ކަމަށެވެ.
ތިން ޖަލާއި ރާއްޖޭގެ އެކި ތަންތަނުގައި 1،718 ގައިދިން ގައިދުކުރެވިފައި އެބަތިބި ކަމަށް ޒަރީރު ވިދާޅުވި އެވެ.
ތަފްސީލް - ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ޒަރީރު ވިދާޅުވީ މަގާމާ ހަވާލުވި އިރު ކަރެކްޝަންސްގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.
މުވައްސަސާ އުފެދުނު ފަހުން 50އަށް ވުރެ ގިނަ އަހަރު ވެފައިވާއިރު ފުރަތަމަ ފަހަރަށް ކަރެކްޝަންސްގެ އަމިއްލަ އިމާރާތެއްގައި އިދާރީ މަސައްކަތް ކުރަން ފެށުމަކީ ޒަރީރު ފާހަގަ ކުރެއްވި ގޮތުގައި ކުރިއެރުމެކެވެ.
"ވޭތުވެ ދިޔަ 20 ވަރަކަށް އަހަރު ތެރޭ މި މުވައްސަސާ ވަނީ ހަ ހާލީގައި ލެވިފައި. އޭގެ މާނައަކީ ހަ ބިލްޑިންއެއްގައި މަސައްކަތް ކޮށްފައި،" ޒަރީރު ވިދާޅުވި އެވެ.
ކަރެކްޝަނުގެ އޮފިސަރުން ކުރަނީ ވަރުގަދަ ގައުމީ މަސައްކަތެއް ކަމަށާއި އެންމެ ނުރައްކާތެރި ކުށްވެރިން އިން ފެށިގެން އާދައިގެ ކުށްވެރިންނާއި ހަމައަށް ކަރެކްޝަންސްގެ އޮފިސަރުން ބަލަހައްޓަމުން އަންނަކަން ޒަރީރު ފާހަގަ ކުރެއްވި އެވެ.
ގުޅުން ހުރި - މިއަދުގެ ރަސްމިއްޔާތުގައި ކަރެކްޝަންސްގެ ހެޑްކުއާޓާސް ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ޖަލުތަކުގައި 176 ރަށަށް ނިސްބަތްވާ ޖުމްލަ 1،591 ގައިދިީން އެބަތިބި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ