ޗައިނާގެ ކުންފުންޏަކުން ދިވެހި ސަރުކާރަށް ހަދިޔާކުރި ފެން ޕަމްޕުތަކަކާ ހަވާލުވާން، ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވެރިން ބައިވެރިވެގެން ހުޅުމާލޭގައި ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މިއަދު މެންދުރު މި ރަސްމިއްޔާތު ބޭއްވި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ރާއްޖެއަށް ފެން ޕަމްޕު ހަދިޔާ ކުރީ ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރި ޗައިނާ މެޝިނަރީ އިންޖިނޭރިން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ) އިންނެވެ.
މި ރަސްމިއްޔާތުގައި މުއިއްޒުގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި އެ ވުޒާރާތަކުގެ އިސްވެރިން އަދި ސިޔާސީ މުވައްޒަފުންނާއި ރައީސް އޮފީހުގެ އިސް އޮފިޝަލުންގެ އިތުރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވި އެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކުންފުނިން ހަދިޔާކޮށްފައިވަނީ ފެން ހިންދާ ތިން ޕަމްޕެވެ.
މި ޕަމްޕުތައް ބޭނުންކުރަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.
ސީއެމްއީސީގެ ފަރާތުން ފެން ޕަމްޕުތައް ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ލިއު ޝިޔައޮޑާ އެވެ. މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ.
ޗައިނާ އިން ހަދިޔާކުރި ފެން ޕަމްޕުތަކަކާ ހަވާލުވާން މުއިއްޒު އާއި ވަޒީރުން ބައިވެރިވެގެން ރަސްމިއްޔާތެއް ބާއްވައިފި ޗައިނާ އިން ހަދިޔާކުރި ފެން ޕަމްޕުތަކަކާ ހަވާލުވާން މުއިއްޒު އާއި ވަޒީރުން ބައިވެރިވެގެން ރަސްމިއްޔާތެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ