ޓްރީ ޓޮޕުން އިންޝުއަރެންސް ފައިސާ އެކަނި ދައްކައިގެން އެމްއާރުއައި ހެދޭ ކެމްޕޭނެއް ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން މެގްނެޓިކް ރިޒޮނަންސް އިމޭޖިން (އެމްއާރުއައި) ހިދުމަތް ދިނުމުގެ ހާއްސަ ކެމްޕޭނެއް އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕޭނު ހާއްސަކޮށްފައިވަނީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، ދިވެހިންނަށެވެ.
ތަފްސީލް - މި ކެމްޕޭންގެ ދަށުން، އެމްއާރުއައިގެ ހިދުމަތް ހޯދާ މީހުންނަށް އިންޝުއަރެންސް ހަރަދުގެ އިތުރުން އަމިއްލަ ޖީބުން އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ.
މި ހިދުމަތް ހޯދުމަށް:
ބަލިމީހުންގެ އަތުން ފައިސާ ނުނެގި ނަމަވެސް، އެމްއާރުއައި ހެދުމަށްޓަކައި ޑޮކްޓަރެއްގެ ރިފަރަލް ނުވަތަ ލިޔުމެއް ހުށަހަޅަން ޖެހޭނެ؛ މިއީ އެމްއާރުއައި ހެދުމަކީ ސިއްހީ ގޮތުން މުހިންމު ކަމެއްކަން ކަށަވަރުކުރުމަށް 
ބޭނުންކުރާނީ ޒަމާނީ އެމްއާރުއައިގެ ސާމާނު 
ނަތީޖާ ދިރާސާކުރާނީ ތަޖުރިބާކާރު ރޭޑިއޮލޮޖިސްޓުން
މި ކެމްޕޭންގެ މައިގަނޑު މަގްސަދަކީ އެމްއާރުއައި ހެދުމުގެ ހަރަދު ބަލި މީހުންނަށް ހުރަހަކަށް ވެގެން، ބަލި ދެނެގަތުން ލަސްވިޔަ ނުދިނުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އުއްމީދުކުރަނީ މި ފަދަ މުހިންމު ޑައިގްނޯސްޓިކް ހިދުމަތެއް ހިލޭ ދިނުމުގެ ސަބަބުން ބަލި މީހުންނަށް އަވަހަށް ބަލި ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަށް މަގުފަހިވެގެން ދިއުންކަން އެ ހޮސްޕިޓަލުން ފާހަގަކުރި އެވެ.
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން 
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން 
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ