ދިރާގު ނެޓްޕްރޮޓެކްޓް: އިންޓަނެޓް ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންތެރި ހިދުމަތެއް
އިންޓަނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތައް ގިނަވަމުންދާއިރު، އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ދިރާގުން "ނެޓްޕްރޮޓެކްޓް" ވަރަށް މުހިންމު ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ.ދިރާގު "ނެޓްޕްރޮޓެކްޓް" އަކީ މޮބައިލް ފޯނުގެ އެސްއެމްއެސް، ސޯޝަލް އެޕްތަކުން އަންނަ ފިޝިން ލިންކްތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުންތަކުން އަދި އިންޓަނެޓް ބޭނުންކުރާއިރު ރައްކާތެރި ނޫން ވެބްސައިޓުތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންކުރެވިދާނެ ހިދުމަތެކެވެ.ލިންކްއަކަށް ފިއްތާލުމުން އެ ވެބްސައިޓަކީ ރައްކާތެރި ވެބްސައިޓެއް ނޫން ކަމުގައިވާ ނަމަ މި ހިދުމަތުގެ އެހީގައި އެ ވެބްސައިޓް ލޯޑްވުމުގެ ކުރިން ކަސްޓަމަރަށް އެކަން އެނގި އެ ވެބްސައިޓަށް ވަނުމުން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭނެ އެވެ.އެ ހިދުމަތް ދިރާގު މޮބައިލް ކަސްޓަމަރުންނަށް މަހަކު 35ރ. އަށް ލިިބޭނެ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަހަކު 50ރ. އަށް ހިދުމަތް ލިބޭނެ އެވެ. އެއީ ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ ހިދުމަތެކެވެ. އެއީ އިތުރު ސޮފްޓްވެއާއެއް ނުވަތަ އިތުރު އެޕްލިކޭޝަނެއް އިންސްޓޯލް ކުރަން ނުޖެހި ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ދިރާގު ނެޓް ޕްރޮޓެކްޓް ޕޯޓަލަށް ވަދެ، ފަސޭހަކަމާއެކު ކަސްޓަމައިޒް ކުރެވޭ ހިދުމަތެކެވެ.ސްކޭމްތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ މަހު އެކަނި ވެސް އެފަދަ 165 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގައި މިދިޔަ މަހު 1.2 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން 42 މައްސަލައިގެ ފައިސާ އެއްކޮށް ހޯދައި ދެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ