މައިލޯ ނަދަމާގެ ހައްޔަރު މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
އޮޕަރޭޝަން އަލިމަގުގެ ނަމުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ ބޮޑޫ އޮޕަރޭޝަންގައި އައްޑޫން ހައްޔަރުކުރި، އައްޑޫގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ، އަލީ ނަދީމް ނުވަތަ ނަދަމާގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ. އައްޑޫ ސިޓީ ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ" ގެ ކުރީ ސަފުން ފެންނަ އެއް މޫނު ކަމަށްވާ ނަދަމާ ހައްޔަރުކޮށްފައިވަނީ އިތުރު އެހެން ބަޔަކާއެކު، ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އަމުރު، ނަދަމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައި ނުގަންނާށެވެ. މި ހަފްތާގައި އިސްތިއުނާފު ކުރި އެ މައްސަލަ ހައިކޯޓުން ރިޖެކްޓް ކުރީ މިއަދެވެ. އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. މި އޮޕަރޭޝަންގައި ނަދަމާ ހިމެނޭހެން ގިނަ ބަޔަކު ހައްޔަރު ކުރީ މި މަހުގެ ކުރީކޮޅެވެ. ފުލުހުން ބުނި ގޮތުގައި ނަދަމާ ހިމެނޭ "ނެޓްވޯކް"ގެ މީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާޗު މަހުން ފެށިގެންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް"ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފަ އެވެ. މި ސަރުކާރު ވެރިކަމަށް ގެންނަން އައްޑޫގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ނަދީމް ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ