ނޮޅިވަރަންފަރު ބަނދަރުގައިވާ ވެލިފުނިން ކޮންމެ ގެއަކަށް 100 ޑަބިއާގެ ވެލި ދޫކުރަނީ

ހދ. ނޮޅިވަރަންފަރު ބަނދަރުގެ ހުޅަނގުފަރާތުގައިވާ ވެލިފުނިން އާންމުންނަށް ވެލި ދޫކުރުމަށް ހަމަޖެހިއްޖެއެވެ.
ނޮޅިވަރަންފަރު ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، އެ ރަށު ބަނދަރުގެ ހުޅަނގުގައިވާ ވެލިފުނިން އާންމު ރައްޔިތުން ދިރިއުޅޭ ގޭބީސީތަކަށާއި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ބިން ސާފުކޮށް ރަޖިސްޓްރީކޮށްފައިވާ ގެވަޅުތަކުގައި ކުރަމުންދާ އަސާސީ މަސަައްކަތްތަކަށް، ކޮންމެ ގެއަކަށް 100 ޑަބިއާގެ މަގުން ވެލި ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިގޮތުން ވެލި ބޭނުންވާ ފަރާތްތައް ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް އައުމަށްފަހު، 4 ނޮވެމްބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން ނަންނޯޓު ކުރުމަށާއި، ނަން ނޯޓު ކުރެވޭނީ ވެލި ހޯދުމަށް އެދޭ ފަރާތުގެ ނަމުގައި އެއް ފަހަރުކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން ނަންނޯޓުކުރުމުގެ ސުންގަޑި ހަމަވުމުން ވެލި ހޯދުމަށް ނަން ނޯޓު ކުރި ފަރާތްތަކަށް ގުޅާނެކަމަށާއި، ވެލި ދޫކުރާނީ ހަފްތާގެ ރަސްމީ ދުވަސްތަކުގެ ހަވީރު 4 އިން 6 އަށް ކަމަށް ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައިވެއެވެ.
ނޮޅިވަރަންފަރު ކައުންސިލުން އިތުރަށް ބުނެފައިވަނީ، އެއްވެސް ސަބަބަކާހެދި އެ އިދާރާއިން ވެލި ދޫކުރާ ދުވަހު ހާޒިރު ނުވެވޭނަމަ، އެ ފަރާތަކަށް ދެން ވެލި ދޫކުރާނީ ލިސްޓުގެ ތަރުތީބުން ވެލި ނެގުމަށް އެދިފައިވާ ހުރިހާ ފަރާތެއް ވެލިނަގާ ނިމުމުން ކަމަށެވެ. އަދި އެދުވަހެއްގައި ނެގި ވެލި އެދުވަހަކު ގެންދަންވާނެ ކަމަށްވެސް އެ އިދާރާއިން އެދިފައިވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ