ސެޓެއް ލިބުނު ކަމުގައި ވިޔަސް ރޭންކިން މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ ސެޓެއް ލިބުނު ކަމުގައި ވިޔަސް ރޭންކިން މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ކާވާ މެންސް ކަޕްގެ ރޭންކިން މެޗުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުން ސެޓެއް ހޯދި ނަމަވެސް، 3-1 އިން ނޭޕާލް އަތުން ބަލިވެއްޖެ އެވެ.
މިއަދު ނިމިގެންދިޔަ މުބާރާތުގައި، ރާއްޖޭން ލީގު ބުރުގައި ފަސް މެޗު ކުޅުނުއިރު، ހުރިހާ މެޗަކުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އެހެންވެ، ރާއްޖޭން ކުޅެން ޖެހުނީ، ލީގު ބުުރުގެ ފަސް ވަނަ އަށް ދިޔަ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލުން އިއްޔެ ކުޅުނު ރޭންކިން މެޗުގެ ފުރަތަމަ ސެޓު، 29-27 އިން ގެންދިޔައިރު، ދެ ވަނަ ސެޓު، 25-20 އިން ގެންދިޔަ އެވެ.
އެކަމަކު، ދެން ކުޅުނު ސެޓުން ރާއްޖެ، 35-37 އިން މޮޅުވެ، މުބާރާތުގައި ފުރަތަމަ ފަހަރަށް ސެޓެއް ގެންދިޔަ އެވެ. އެހެން ނަމަވެސް، ދެން، ކުޅުނު ސެޓު، 25-20 އިން ގެންގޮސް ނޭޕާލް މެޗުން މޮޅުވީ އެވެ.
ރާއްޖޭން މި ފަހަރުގެ މުބާރާތް އެންމެ ފުލުގައި ނިންމާލިިއިރު، މިއީ މި ފަހުން ގައުމީ ވޮލީ ޓީމުގެ އެންމެ ނަތީޖާ ދަށް ފަހަރެެވެ.
ކާވާ މެމްސް ކަޕްގެ ލީގު ބުރުގައި ރާއްޖޭން ނެރުނު ނަތީޖާތަކަށް ބަލާއިރު، ބަންގްލަދޭޝް އަތުން ރާއްޖެ ބަލިިވި މެޗުގައި ސެޓުތައް ދިޔައީ، 25-21، 25-13 އަދި 25-21 އިންނެވެ. ދެ ވެނަ މެޗުގައި، އަފްގާނިސްތާން އަތުން ރާއްޖެ ބަލިވިއިރު، ސެޓުތައް ދިޔައީ، 25-17، 25-20 އަދި 25-12 އިންނެވެ. ތިން ވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ 25-21، 25-23 އަދި 25-18 އިންނެވެ. ހަތަރު ވަނަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވީ 25-21، 27-25 އަދި 25-18 އިންނެވެ. އަދި، ލީގު ބުރުގެ ފަހު މެޗުގައި، ތުރުކުމެނިސްތާން އަތުން ބަލިވީ 25-14، 25-19 އަދި 25-18 އިންނެވެ.
މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން، ހޯދީ ގޯލްޑް މެޑަލް މެޗުން 3-2 ސެޓުން، އަފްގާނިސްތާން ބަލިކުރި ތުރުކުމެނިސްތާން އެވެ. އަދި، ލޯ މެޑަލް ހޯދީ، މުބާރާތް ބޭއްވި ބަންގްލަދޭޝް އަތުން 3-0 އިން މޮޅުވި ސްރީ ލަންކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ